ކުޅިވަރު

ރެއާލް މެޑްރިޑަށް ބޮޑު ބަދަލެއް ބޭނުނެއް ނުވޭ: އާބެލޯއާ


ވިދިވިދިގެން ދެ ސީޒަނުގައި ތަށި ނުލިބި ދިޔަ ނަމަވެސް ރެއާލް މެޑްރިޑަށް މާބޮޑު ބަދަލުތަކެއް ގެންނަން ނުޖެހޭ ކަމަށް ކޯޗު އަލްވާރޯ އާބެލޯއާ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަނަށް ފަހު ރެއާލް މެޑްރިޑުގެ ކުޅުންތެރިންނަށް ބޮޑު ބަދަލެއް ގެންނަން މެނޭޖްމަންޓުން މަސައްކަތް ކުރާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަން ފެށުމުންނެވެ.

"މި ޓީމަކީ ވަރަށް ވާދަވެރި ވަރަށް ފުރިހަމަ ޓީމެއް. އެހެންވީމާ އެހާ ބޮޑު އޮވަހޯލްއެއް ބޭނުމެއް ނުވާނެ. އެކަމަކު ރެއާލް މެޑްރިޑަކީ އަބަދުވެސް ބަދަލުތައް ގެނެސް ކުރިއަރުވައި ވަރުގަދަ ކުރަން ޖެހޭނެ ޓީމެއް،" އާބެލޯއާއާ ބުންޏެވެ.

މި ސީޒަނަށް ފަހު ރެއާލްގެ ކުޅުންތެރިންގެ ތެރެއިން އެޑުއާޑޯ ކަމަވިންގާ އާއި އެންޓޯނިއޯ ރުޑިގާ އާއި ރޮޑްރީގޯ ފަދަ ކުޅުންތެރިން ވިއްކާލުން ގާތް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. އަދި އާބެލޯއާގެ ބަދަލުގައި އާ ކޯޗަކު ހޯދާނެ ކަމަށް ވެސް ވަނީ ވާހަކަ ދެކެވެމުންނެވެ.

"އެކަމާ އަހަރެންގެ މައްސަލައެއްނެތް. އަހަރެން މި ކުލަބަށް އައީ ކުލަބަށް އެހީތެރިވެދޭނެ. އަހަރެންގެ ކުރިމަގާމެދު އަހަރެން ނުވިސްނަން. އެއީ ކުލަބުން ނިންމަންޖެހޭނެ ކަމެއް. އަހަރެން ނެތިން ކުލަބަށް ވުރެ ބޮޑުވާކަށް،" އާބެލޯއާ ބުންޏެވެ.

އޭނާ ބުނީ މިހާރު ރެއާލްގެ އެންމެ ބޮޑު އަމާޒަކީ މި ސީޒަނުގައި ބާކީ އޮތް ހަތް މެޗު ކާމިޔާބު ކުރުން ކަމަށެވެ. އޭގެ ތެރޭގައި ޓޭބަލުގެ އެއްވަނާގައި އޮތް ބާސެލޯނާ ބަލި ކުރެވިއްޖެނަމަ އާބެލޯއާ އަށް މަގާމުގައި ހުރުމަށް ބާރު އެޅޫމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.