ކުޅިވަރު

7 ހަފުތާއިން ޑިޒާބީ އަށް ޓޮޓެންހަމް ސަލާމަތް ކޮށްދެވިދާނެތަ؟


ރެލިގޭޓް ނުވެ ސަލާމަތް ވުމަށް މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމުގެ އައު ކޯޗަކަށް ރޮބާޓޯ ޑިޒާބީ ހަމަޖައްސައިފި އެވެ.

އޭނާ ކޯޗުކަމާ ހަވާލުވިއިރު އެ ޓީމު އޮތީ 31 މެޗުން 30 ޕޮއިންޓާއެކު އިނގިރޭސި ޕްރެމިއާ ލީގުގެ 17 ވަނާގަ އެވެ. ޖުމުލަ 20 ޓީމު ވާދަ ކުރާ ލީގު ނިމޭއިރު އެންމެ ފުލަށްދާ ތިން ޓީމު ރެލިގޭޓްވާނެ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް އޮތީ ހަތް މެޗެވެ. މިއީ ހަތް ހަފުތާގެ ކުޅުމެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމު ވެސް ނުލިބޭނެކަން ގާތްގަނޑަކަށް ޔަގީންވުމުން ޑިޒާބީ ޓޮޓެންހަމާ ހަވާލުވީ ޝަރުތުތަކަކާއިގެންނެވެ. އޭނާ އަށް ދިނީ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. ނަމަވެސް ޓީމު ރެލިގޭޓް ވެއްޖެނަމަ އޭނާ އަށް ޝަރުތެއްނެތި ވަޒީދާ ދޫކޮށްލެވިދާނެ އެވެ. މި ގޮތަށް އޭނާ ޓީމާ ހަވާލުވީ ސީޒަނުގެ މިހާ ފަހުކޮޅު އަދި ނާޒުކު ވަގުތެއްގައި ޓީމާ ހަވާލުވާން ބޭނުންނުވާތީ އެވެ. ނަމަވެސް މި ޒިންމާ ނަގަން އޭނާ އެންމެ ފަހުން އެއްބަސްވީ ޓޮޓެންހަމުން އެކަމަށް ވަރަށް ބޮޑަށް އެދެމުންދިއުމުންނެވެ.

ޑިޒާބީ ކޯޗު ކަމާ ހަވާލުވުމަށްފަހު ބުނީ ކުލަބުގައި އޮތީ ވަރަށް ސާފު ދުރު ރާސްތާ ޕްލޭނެއް ކަމަށާއި އެ އަމާޒަށް ކުލަބު ގެންދަން އޭނާ މަސައްކަތް ކޮށްދޭނެ ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ ކަމަކީ ރެލިގޭޝަނުން ސަލާމަތްވުން ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް ދެ ވަނަ އެއް ކުލަބަކަށް އާދެވުމުން ވަރަށް އުފަލުން. މިއީ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް ކުލަބު. ކުލަބުގެ ލީޑަރޝިޕާއެކު އަހަރެން ކުރި މަޝްވަރާތަކުން އެ މީހުންގެ ދުރު ވިސްނުން އަހަރެންނަށް ސާފުވި. ޓީމެއް ބިނާކުރުމާއި ކާމިޔާބު ހޯދުމަށް އެ މީހުން ގެންގުޅޭ ޕޮލިސީ ރަނގަޅު. އަދި ކުޅުމުގެ ސްޓައިލް ބަދަލުކޮށް ސަޕޯޓަރުން ހިތްހަމަ ޖައްސައިދޭން އެ މީހުން ބޭނުންވޭ. އަހަރެން މިތަނަށް މިއީ އެކަންކަން އަހަރެން ގަބޫލު ކުރާތީވެ،" ޑިޒާބީ ބުންޏެވެ.

"އަހަރުމެންގެ ކުރު ރާސްތާގެ ޕްލޭނަކީ ޕްރެމިއާ ލީގު ތާވަލުގައި ކުރި ހޯދުން. މިއީ ކޮންމެ މެޗެއްގައި ވެސް އެންމެ ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ވަރަށް ފަރުވާތެރިވެގެން ކުރެވޭނެ ކަމެއް،" ކޯޗު ބުންޏެވެ.

ޑިޒާބީ އަކީ އަހަރެއްގެ ތެރޭގައި ޓޮޓެންހަމާ ހަވާލުވި ހަތަރު ވަނަ ކޯޗެވެ.