ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަ ކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ބ.އޭދަފުށީގައި ފިއުލް ސްޓޭޝަން ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު މަސްވެރިންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް އޮތެވެ. އޭގެތެރެއިން އެއް ޝަކުވާއަކީ، އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ސަރުކާރުން ވަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.
މި މަޝްރޫޢުގެ ދަށުން 18 ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 4 ފިއުލް ސްޓޭޝަނެއް ނިންމާ ޚިދުމަތް ދޭންވަނީ ފަށާފައެވެ. އެއީ ރ. ދުވާފަރު ، ހދ. ހަނިމާދޫ، ހއ. އިހަވަންދޫ، އެންމެ ފަހުން ޚިދުމަތް ދޭން ފަށާފައިވަނީ ބ. އަތޮޅު އޭދަފުށީގައި ޤާއިމްކޮށްފައިވާ ފިއުލް ސްޓޭޝަނުންނެވެ. މީގެއިތުރުން ށ. މިލަންދޫގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ފ. ނިލަންދޫގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
Operation started at B. Eydhafushi Fuel Station. pic.twitter.com/G05noh0aqr
— FSM (@FuelSuppliesMv) March 21, 2026
ރ. ދުވާފަރު
ހއ. އިހަވަންދޫ
ހދ. ހަނިމާދޫ
ގދ. ފަރެސްމާތޮޑާ
ށ. މިލަންދޫ
ނ. މަނަދޫ
ބ. އޭދަފުށި
ވ. ފެލިދޫ
ތ. ހިރިލަންދޫ
އއ. މަތިވެރި
މ. މުލައް
ދ. ކުޑަހުވަދޫ
ލ. ގަމު
ފ.ނިލަންދޫ
މީގެ އިތުރުން ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެފްއެސްއެމްގެ ޚިދުމަތް މާލޭގެ އިތުރުން މިހާރު ދެމުން އަންނަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލަކު، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައެވެ.