ލ. ގަމު ތުނޑި ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގައި، 2 މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގަމު ލިންކު ރޯޑުގައި 2 ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 21:36 ހާއިރުކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި 2 މީހުންނަށް އަނިޔާވުމާގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާއި، އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށްކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.