މާލޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި ދެ ދުވަސް ތެރޭ 215،230.60 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުން ފާއިތުވި 48 ގަޑިއިރު ކުރި މަސައްކަތުގެ ބައެއް ތަފާސްހިސާބު ވަނީ ޢާންމުކޮށްފައެވެ. އޭގެތެރެއިން، ގަލޮޅު ފުލުހުން 176،872.6 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ހެންވޭރު ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ގެއްލުނު 224،000 ރުފިޔާގެ ތެރެއިން 15،000 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މީގެ އިތުރުން މާފަންނު ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ގެއްލުނު 41،400 ރުފިޔާގެ ތެރެއިން މުޅި ޖުމުލަ 23،358 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ފާއިތުވި 48 ގަޑިއިރު ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބު pic.twitter.com/rRB0v4DosM
— Maldives Police (@PoliceMv) March 1, 2026
ގަލޮޅު ޕޮލިސް ސްޓޭޝަނުން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 148 މީހެއް ހުއްޓުވާ ސުވާލުކޮށްފައިވާކަމަށާއި، 23 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި 3 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާ ކަމާއި، 35 ހާދިސާއެއް ރިކޯޑުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި ޓްރެފިކް ފުލުހުން 21 މައްސަލައެއް ބަލާފައިވާ ކަމަށާއި، 682 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަންއިން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 195 މީހެއް ހުއްޓުވާ ސުވާލުކޮށްފައިވާކަމަށާއި، 19 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފަައިވެއެވެ. އަދި 5 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާ ކަމަށާއި، 28 ހާދިސާއެއް ރިކޯޑުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި ޓްރެފިކް ފުލުހުން 102 މައްސަލައެއް ބަލާފައިވާ ކަމަށާއި، 447 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުގެ ތެރެއިން 233 މީހެއް ހުއްޓުވާ ސުވާލުކޮށްފައިވާކަމަށާއި، 23 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފަައިވެއެވެ. އަދި 33 ހާދިސާއެއް ރިކޯޑުކޮށްފައިވެއެވެ. މީގެއިތުރުން 578 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން ޢާއްމުކޮށް މައްސަލަތައް ހުށައެޅޭ 85 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.