ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުއްވައިިދެއްވައިފި


  • މިއީ 3 ފަންގިފިލާގެ މިސްކިތެއް

  • މިމިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެއް

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

3 ބުރިއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ، 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ދައުލަތުގެ އެކި ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މިސްކިތް ހުޅުވާފައިވަނީ، މިއަދު އަޞްރު ނަމާދުގެ ވަގުތާ ދިމާކޮށެވެ. އަދި މިސްކިތް ހުޅުވުމަށްފަހު އެ މިސްކިތުގައި ވަނީ ނަމާދުކޮށްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް ޙަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރޯދައާ ދިމާކޮށްވެސް އެކި ރަށްރަށުގައި ބިނާ ކުރި މިސްކިތްތައް ވަނީ ހުޅުވާފައެވެ.

މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ، މާލޭގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި އައު މިސްކިތްތައް ބިނާކޮށް ނިންމުމަށްވެސް ވަނީ އަމާޒު ހިފާފައެވެ. އެގޮތުން ވިލި މާލެ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަހުގެ ފަހުން ފެށުމަށް ވަނީ ނިންމާފައެވެ.