ޚަބަރު

ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް މިއަދު މާލެ އަތުވެއްޖެ


ހައްޖުގެ އަޅުކަން އަދާކުރަން މިއަހަރު ރާއްޖެއިން މައްކާއަށް ދިޔަ ހައްޖުވެރިން ދަތުރު ނިންމާލުމަށްފަހު އޭގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު މާލެ އަތުވެއްޖެއެވެ. މިއަދުއައީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިޔަ މީހުންގެ ތެރެއިން 252 މީހުންނެވެ. img:http://s4.psmnews.mv/images/660x400/14740989141722.jpg|ޙައްޖަށްދިޔަ ދިވެހިންގެ ފުރަތަމަ ގްރޫޕް މާލެ އައުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖެއިން ދިޔަ ޙައްޖާޖީން މިއަދުން ފެށިގެން 21 ވަނަ ދުވަހާއި ދެމެދުގެ ދުވަސްތަކުގައި އެކި ގަޑިތަކުގައި އަންނާނެއެވެ. އަދި 24 ވަނަ ދުވަހުގެ އެކި ގަޑިތަކުގައި ޙައްޖާޖީން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރު ރާއްޖެއިން 2،000 މީހުން ޙައްޖަށް ގޮސްފައިވެއެވެ. މިއީ ސަޢޫދީ ޢަރަބިއްޔާއިން ޙައްޖު ކޯޓާ، ކޮންޓްރޯލް ކުރައްވަން ފެއްޓެވިފަހުން ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޙައްޖުވުމަށް ދިޔަ ފުރަތަމަ ފަހަރެވެ. img:http://s1.psmnews.mv/images/660x400/14740989391476.jpg|ޙައްޖަށްދިޔަ ދިވެހިންގެ ފުރަތަމަ ގްރޫޕް މާލެ އައުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މީގެތެރެއިން 1،000 މީހުން ޙައްޖަށް ދިޔައީ، ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ. އަދި ބާކީ 1،000 މީހުން ދިޔައީ އަމިއްލަ 5 ޖަމާޢަތެއްގެ ޙަވާލުގައެވެ.

މީގެތެރެއިން ޒަޢީމާ ޙައްޖު ގުރޫޕްގެ ޙަވާލުގައި 200 މީހުން، ސިސިލްފަރު ގްރޫޕްގެ ޙަވާލުގައި 193 މީހުން، އެކްރޯ ގްރޫޕާއި އަލް ޙަރްމައިންއާއި މިނާ ގްރޫޕުންވެސް ކޮންމެ ގުރޫޕަކުން 200 މީހުންދިޔައެވެ. img:http://s1.psmnews.mv/images/660x400/14740989570220.jpg|ޙައްޖަށްދިޔަ ދިވެހިންގެ ފުރަތަމަ ގްރޫޕް މާލެ އައުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މިއަހަރު ޙައްޖަށް ދިޔަ މީހުން އެއަރޕޯޓަށް ދިއުމުގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ ޚަރަދުގައި ހަމަޖެއްސެވިނަމަވެސް އެނބުރި އަންނަ އިރު، މާލެ އައުމަށް އަދި އެފަދަ އިންތިޒާމެއް ހަމަޖައްސާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.