ޚަބަރު

ކުރެންދޫގައި ބިނާކުރި "މަސްޖިދުލް ސިއްދީޤް" ހުޅުވައިފި


  • މިސްކިތަކީ ދަޢުލަތުން 14 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި މިސްކިތެއް

  • މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެއް

ޅ. ކުރެންދޫގައި ބިނާކުރި މަސްޖިދުލް ސިއްދީޤް ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މި ރަސްމިއްޔާތުގައި ކުރެންދޫ ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުން ވަނީ ބައިވެރިވިއެވެ.

700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން 14 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ.

މި މިސްކިތުގައި އޭސީ ހަރުކޮށްފައިވާއިރު، ސޯލާއިން މިސްކިތަށް ކަރަންޓު ދެވޭނެ ނިޒާމު ގާއިމުކޮށްފައިވެއެވެ. އަދި ދެޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމްވެސް މި މިސްކިތުގައި ވަނީ ގާއިމުކޮށްފައެވެ.

އަންނަ ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާރާތްކޮށްފައިވާ އިތުރު މިސްކިތްތަކެއް ހުޅުވުމަށޤ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.