ކުޅިވަރު

އަބަދު ކުޅެން އާބެލޯއާ ބޭނުންވާ ފަސް ކުޅެންތެރިއަކު އެބަތިބި!


ރެއާލް މެޑްރިޑު ކުޅޭއިރު އަބަދުވެސް ދަނޑުމަތީގައި ތިބެން ކޯޗު އަލްވާރޯ އާބެލޯއާ ބޭނުންވާ ފަސް ކުޅުންތެރިއަކު ފެންނަން ފަށައިފި އެވެ.

މި ފަސް ކުޅުންތެރިންނަކީ ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު ތިބައޫ ކޯޓުއާ އާއި އުރުގުއޭގެ މިޑްފީލްޑަރު ފްރެޑްރިކޯ ވަލްވާޑޭ އާއި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމާއި ދެ ފޯވަޑުން ކަމަށްވާ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އެވެ. މީގެ ތެރެއިން ވިނީޝިއުސް އާއި ވަލްވާޑޭ އަކީ ކުރީގެ ކޯޗު ޒަބީ އަލޮންސޯ ދޭތެރެދޭތެރެއިން ބަދަލު ކުރި ކުޅުންތެރިންނެވެ. ނަމަވެސް އާބެލޯއާ ކޯޗުކަމާ ހަވާލުވެ މިހާތަނަށް ކުޅުނު ހަތަރު މެޗުގައި މި ފަސް ކުޅުންތެރިން އަބަދުހެން ދަނޑުމަތީގައި ތިބެ އެވެ.

"ތިއީ ރަނގަޅު ވާހަކަ އެއް. އަހަރެން ބޭނުންވަނީ ރެއާލް މެޑްރިޑުގެ އެންމެ މުހިންމު ކުޅުންތެރިން ދަނޑުމަތީގައި ތިބެން. އެއީ ހަމައެކަނި އަހަރެން ބޭނުންވާ ގޮތެއް ނޫން. އެއީ މި ޓީމުގެ ސަޕޯޓަރުން ވެސް އެދޭ ގޮތް. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ދަނޑުމަތިން ފެންނަން ސަޕޯޓަރުން އެދޭ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ރެއާލް މެޑްރިޑުގެ ކޯޗުކަމުގައި އޭނާ ހުރިހާ ދުވަހަކު މުހިންމު ކުޅުންތެރިންނަށް އޮންނަ ފުރުސަތުތައް މަދު ނުވާނެ ކަމަށެވެ.

"މި ކުޅުންތެރިންނަށް އަހަރެން އިތުބާރު ކުރަނީ އެކަންޏެއްނޫން. އެ މީހުންގެ އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް،" ކޯޗު ބުންޏެވެ.

ހުސްވި ސީޒަނުގައި ތައްޓެއް ނުލިބި ނިންމާލަން ޖެހުމުން ރެއާލް އަށް މި ސީޒަނުގައި ކޮންމެހެން ވެސް ތަށިތަކެއް ބޭނުންވެ އެވެ. ނޫނީ ކޯޗުގެ މަގާމު ވެސް ގެއްލުން އެކަށީގެންވެ އެވެ. ރެއާލް މިރޭ ސްޕެނިޝް ލީގުގައި ނުކުންނާނީ ރާޔޯ ވަޔެކާނޯއާ ދެކޮޅަށެވެ.