ޚަބަރު

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ބަލާލެވޭ "އެއާ ޓީވީ އެޕް" ތަޢާރަފްކޮށްފި


  • މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރެވެގެންވެސް އެންޑްރޮއިޑް ޓީވީތަކުން ޗެނަލްތައް ބަލައިލެވޭނެ

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ވަގުތުން ބަލާލެވޭނެ ޓީވީ އެޕްލިކޭޝަނެއްކަމަށްވާ ޕީއެސްއެމް އެއާ ޓީވީ އެޕް ތަޢާރަފްކޮށްފިއެވެ.

ޕީއެސްއެމް އެއާ ޓީވީ އެޕް ރަސްމީކޮށް އިފްތިތާޙްކުރެއްވީ، ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެޕްލިކޭޝަން ތަޢާރަފްކުރުމަށް ބޭއްވި ހަފްލާގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބު ވިދާޅުވީ، ޕީއެސްއެމް އެއާ ޓީވީ އެޕަކީ ޕީއެސްއެމްގެ ޚިދުމަތްތައް ހޯއްދަވާ ބޭފުޅުންނަށް ލުއިފަސޭހަގޮތެއްގައި ޗެނަލްތައް ބައްލަވާލެއްވުމަށް ލިބުނު ފުރުސަތެއްކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުމެންގެ މި އެޕްލިކޭޝަނަކީ ޕީއެސްއެމްގެ ކުޑައިގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯއްދަވާ ބޭފުޅުންނަށް ޚިދުމަތްތައް ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުމެންނަށް ވަރށް ތަނަވަސްކޮން ހުޅުވާލެވުނު ދޮރެއް. މީގެ ލުއިފަސޭހަކަން މި އެޕްކލިކޭޝަން ބޭނުންކުރަން ފެއްޓެވީމަ އިހްސާސްކުރެވޭނެ" ޝަކީބް ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރެވެގެންވެސް އެންޑްރޮއިޑް ޓީވީތަކުން މި އެޕްލިކޭޝަން މެދުވެރިކޮށް ޕީއެސްއެމްގެ ޗެނަލްތައް ވަގުތުން ބަލާލެވޭނެއެވެ.

މި އެޕްލިކޭޝަންގައި ޕީއެސްއެމްގެ ޗެނަލްތަކުގެ ތެރެއިން ޓީވީއެމް، ޔެސްޓީވީ އަދި ޕީއެސްއެމް ނިއުސް ބަލާލެވޭނެވެ