ޚަބަރު

އަޒްމީލްގެ ކަށު ނަމާދު ޢިޝާ ނަމާދަށްފަހު ހުޅުމާލޭގައި


  • އަޒްމީލް ނިޔާވީ ތައިލެންޑުގެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް

  • އަޒްމީލްގެ ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ސްޓެލްކޯ އަދި އެޢާއިލާގެ ބޮޑު އެދުމެއް

ސްޓެލްކޯގައި ހިނގި އަލިފާނުގެ ޙާދިސާގައި ނިޔާވި އަޙްމަދު އަޒްމީލްގެ ކަށު ނަމާދު މިރޭ ޢިޝާ ނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ކަށު ނަމާދު އޮންނާނީ، ޢިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ޢުމުރުން 42 އަހަރުގެ އަޙްމަދު އަޒްމީލް ނިޔާވީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައެވެ. އަލިފާނުގެ ޙާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ، ފިހިފައެވެ. އަޒްމީލް ނިޔާވީ، ތައިލެންޑުގެ ހޮސްޕިޓަލު އޭނާއަށް އިތުރު ފަރުވާ ދެމުންދަނިކޮށް މިމަހުގެ 11 ވަނަ ދުވަހުއެވެ.

އަޒްމީލްގެ ހަށިގަނޑު އޭނާގެ ޢާއިލާގެ އެދުމުގެ މަތިން މާލެ ގެނެސް ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިރޭ ޢިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ސްޓެލްކޯއިން ވަނީ، އަޒްމީލްގެ ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ދިނުމަށް އެދިފައެވެ.

އަޒްމީލްއަކީ، ސްޓެލްކޯގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މީހެކެވެ.