ފަރުކޮޅުފުށީ އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 13:00 ހާއިރުކަމަށެވެ. އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރ ފައިޓަރުން ކުރި މަސައްކަތުން 13:40 ހާއިރު އަލިފާންގަނޑު ނިއްވާލެވިފައިވާކަމަށެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.