ޚަބަރު

ފިރިހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފި


  • މި ރިކޯޑް އައު ކުރީ މިހާރު ކުރިޔަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި

  • މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީ 2023 ވަނަ އަހަރު އޭޝިއަން ގޭމްސްގައި

ފިރިހެނުންގެ ލޯންގް ކޯސް، 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފިއެވެ.

ލޫޠު މުޙައްމަދު ހުސެއިން، އިމްޢާން ޢަލީ، މުޙައްމަދު ރިޙާން ޝިހާމާއި މުޙއްމަދު އައިދިން ނިޔާޒު ހިމެނޭ މި ޓީމުން މި ރެކޯޑު އައުކޮށްފައިވަނީ މިހާރު ސައުދީ އަރަބިއްޔާގެ، ރިޔާޟުގައި ކުރިއަށްދާ 6 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ގައި 04:25.25 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައެވެ. މުޙައްމަދު ރިޙާން ޝިހާމް، މުބާލް ޢައްޒާމް އިބްރާޙީމް، އިމްޢާން ޢަލީ އަދި އަޙްމަދު ނީޤް ނިޔާޒު ފެތި މި އިވެންޓު އެފަހަރު ނިންމާފައިވަނީ 04.25.69 އިންނެވެ.