ވޯލްޑް ކަޕުގެ ހަތް މެޗުން މޮޅުން އެކަނި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަނޑައެޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ އަށް ފުޓްބޯޅައިގައި ހާސިލް ނުވެ އޮތް ހަމައެކަނި ކަމަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ނަމަވެސް ކެރިއަރުގެ ފަހުކޮޅަށް އެޅިފައިވާ 40 އަހަރުގެ ފޯވަޑް ބުނީ އެއީ އޭނާ ކުރާ އުއްމީދެއް ނޫން ކަމަށެވެ.
"ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ އަހަރެންގެ އުއްމީދެއް ނޫން. (އެ މުބާރާތުގެ) އެންމެ ހަތް މެޗުން އެންމެ މޮޅީ ކާކުކަން ނިންމިދާނެތަ؟ އެއީ ހަމަޖެހޭ ކަމެއްނޫން،" ރޮނާލްޑޯ ބުންޏެވެ.
ނަމަވެސް އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ބުނީ ވޯލްޑް ކަޕުގެ ކުރިން އޭނާ އުއްމީދު ކުރީ ތައްޓާއެކު ކައިވެނި ހަފުލާ ބާއްވަން ކަމަށެވެ.
ރޮނާލްޑޯ ވަނީ ރޮނާލްޑޯ ވަނީ ދެ ފަހަރެއްގެ މަތިން އޭނާ ކުޅުނު މެންޗެސްޓާ ޔުނައިޓެޑާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ކުލަބު އޮތީ ގޯސް ފައްތަރެއްގައި ކަމަށެވެ.
"އެ ކުލަބުގެ މިސްރާބު ރަނގަޅެއްނޫން. އެއީ މީގެ ކުރިން އެކަޑަމީ ތެރެއިން މޮޅު ކުޅުންތެރިން ފެނުނު ކުލަބެއް. ރަޔަން ގިގްސް އާއި ނިކީ ބަޓް އާއި ޑޭވިޑް ބެކަމް ކުޅެން ފަށައި ދުވަސްކޮޅަކުން މޮޅު ކުޅުންތެރިންނަށްވި. އެކަމަކު މިހާރު އެ ސިފަތަކެއް ޔުނައިޓެޑްގައި ނެތް،" ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގާއި ބަލަންޑޯ ލިބުނީ ޔުނައިޓެޑަށް ކުޅެނިކޮށް ކަމަށާއި އެ ނޫން ވެސް ގިނަ ކާމިޔާބީ ޔުނައިޓެޑްގައި ހޯދިފައިނުވުމުން އަބަދުވެސް އޭނާގެ ހިތުގައި ޔުނައިޓެޑަށް ހާއްސަ ކަމެއް އޮންނަ ކަމަށެވެ. އަދި މިހާރު ވެސް ޔުނައިޓެޑްގެ ނަތީޖާތައް އަބަދުވެސް ބަލާ ކަމަށެވެ.
އޭނާ އަދި ބުނީ ޕޯޗުގަލްގެ ކޯޗު ރުބެން އަމޮރިމް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކަމަށާއި އޭނާ އަށް އެކަނި ޔުނައިޓެޑްގެ މިސްރާބު ބަދަލު ނުކުރެވޭނެ ކަމަށެވެ.