ޚަބަރު

ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާއެކު ނިންމާލައިފި


  • ޖޫނިއާ 18 އަހަރުން ދަށުގެ ފިރިހެން، ޝޯޓް ބޯޑު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޔާސިން

  • އަންހެން ޗެމްޕިއަންކަން ހޯދީ އާލިޔާ

ދިވެހި ސާފް ލީގުގައި ހިމެނޭ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހަތަރު ކެޓަގަރީއަކުން ބައިވެރިން ވާދަކުރި މި މުބާރާތުގެ ޖޫނިއާ 18 އަހަރުން ދަށުގެ ފިރިހެން، ޝޯޓް ބޯޑު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޔާސިން އަހުމަދު ނާޝިދެވެ. ފައިނަލްގައި މުހައްމަދު އިނާން އަބްދުލް ހަންނާން އާއި ވާދަކޮށް ޔާސީން ޗެމްޕިއަންކަން ހޯދީ 13.67 ގެ ސްކޯއަކުންނެވެ. މި އިވެންޓުގެ ތިން ވަނަ ހޯދީ އަހުމަދު ލުޒައިން އާއި ކަޔާން އަބްދުﷲ އަރީފެވެ.

ޖޫނިއާ 16 އަހަރުން ދަށުގެ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ. ފައިނަލްގައި ކަޔާން އަބުދުﷲ އަރީފް އާއި ވާދަކޮށް ޔޫސުފް ކަޔާން ޗެމްޕިއަންކަން ހޯދީ 13.97 ގެ ސްކޯއަކުންނެވެ. މި ކެޓަގަރީގެ ތިންވަނަ ހޯދީ ޔާސިން އަހުމަދު ނާޝިދާއި، ނޫހް މުހައްމަދު ދުނެއިމް އިރުޝާދެވެ.

ޖޫނިއާ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ހުސެއިން އަޒާން އިސްމާއިލް އެވެ. ފައިނަލްގައި އަހުމަދު އާލް އާދިލް އާއި ވާދަކޮށް އަޒާން ޗެމްޕިއަންކަން ހޯދީ 4.43 ގެ ސްކޯއަކުންނެވެ. މި ކެޓަގަރީގެ 3 ވަނަ ހޯދީ އަބްދުﷲ ވަސީއު އަހުމަދާއި، ޝައްފާން އަހުމަދެވެ.

ޖޫނިއާ 18 އަހަރުން ދަށުގެ އަންހެން ކުދިންގެ ކެޓަގަރީން ޗެމްޕިއަންކަން ހޯދީ 10.23 ން ސްކޯ ކުރި އާލިޔާ ލަތީފެވެ. ދެ ވަނަ ހޯދީ އައިޝަތު ތާރާ ވާސިފެވެ. ތިން ވަނަ ހޯދީ އަލައިކާ އަބްދުލް އަލީމެވެ. ހަތަރުވަނައިގައި އޮތީ މަރިޔަމް ޒޯހާ މާދިހެވެ.

ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިފްގައި 6 ރަށަކުން ޖުމްލަ 36 ބައިވެރިން ވާދަކުރިއެވެ. މުޅިން އަލަށް ހުޅުވާލި އަންހެން ޑިވިޝަނުގައި 6 އެތުލީޓުން ވާދަކުރިއިރު ފައިނަލްގައި ހަތަރު ބައިވެރިން ވާދަކުރިއެވެ