ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް އެކޮމިޝަނުގެ މެންބަރު، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ޢައްޔަންކުރައްވައިފިއެވެ. މިއީ، ޝުޢައިބު ޢަބްދުއްރަހްމާނު، އެކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ.
އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު އެކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރުހަމަވުމާގުޅިގެންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރެއްވީ، އެ ޤާނޫނުގައިވާ ގޮތުގެމަތީން، އެމަނިކުފާނަށް ލިބިދޭ ބާރުގެދަށުންނެވެ.