އިންޑޮނޭޝިއާގެ ކޯޗުކަމުން ނެދަލަންޑްސް މަޝްހޫރު ޕެޓްރިކް ކްލައިވެޓް ވަކިކޮށްފިއެވެ.
މަގާމުގައި ގާތްގަނޑަކަށް އަހަރެއްވީތަނާ ކްލައިވެޓް މަގާމުން ވަކިކުރީ އިންޑޮނީޝިއާއަށް އަންނަ އަހަރުގެ ފީފާ ފީފާ ވޯލްޑް ކަޕުން ފުރުސަތު ނުލިބުމުންނެވެ. އެ ގައުމަށް ފުރުސަތު ގެއްލުނީ ކޮލިފައިންގައި އިރާގު އަތުން ބަލިވުމުންނެވެ.
ނަމަވެސް މި ފަހަރުގެ ކޮލިފައިން އަކީ މިހާތަނަށް އިންޑޮނީޝިއާއިން އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު ފަހަރެވެ. ނަމަވެސް ކޮލިފައިނުވުމުން އިންޑޮނީޝިއާ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ އިހުތިރާމާއެކު ދެ ފަރާތުންވެސް ބޭނުންވީ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. މި އެއްބަސްވުން ނިމުމަކަށް ގެނައިއިރު ކްލައިވެޓްގެ އެއްބަސްވުމުގައި ބާކީ ދެ އަހަރުވެސް އެބައޮތެވެ.
ކުރިން ނެދަލަންޑްސްގެ ގައުމީ ޓީމާއި ބާސެލޯނާ އާއި އޭސީ މިލާން އަދި އަޔެކްސްއަށްވެސް މޮޅަށް ކުޅުނު ފޯވާޑް ކްލައިވެޓް ކޯޗިންގައި މާބޮޑު ކާމިޔާބީއެއް އަދި ނުހޯދެއެވެ.