ޚަބަރު

ފީވަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


  • ފީވަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިނީ ފެނަކަ ކޯޕަރޭޝަނާ

  • ފީވަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު

ށ. ފީވަކުގައި ސަރުކާރުން އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ ފީވަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފެނަަކައިގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓ) މުޙައްމަދު ޖަނާހެވެ.

މި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ.

ފީވަކުގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ބޭނުމަކީ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ފުރިހަމަކޮށްދީ ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދުޅަހެޔޮ ޖީލެއް އުފެއްދުމެވެ.

ފީވަކުގައި އިމާރާތް ކުރާ ފިޓްނަސް ސެންޓަރު ތަރައްގީ ކުރަނީ އިންޑޯ ކުޅިވަރުތަކާ އެކި ކަހަލަ ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމާއި މީޓިންގ ރޫމާއި ކުލާސްރޫމެއްވެސް ހިމެނޭގޮތަށެވެ