ކުޅިވަރު

އެންމެ މޮޅު ކީޕަރުންނަކީ ޑޮންނަރުންމާ އާއި ހަމްޓަން


ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުންނަށް އިނގިރޭސި ކީޕަރު ހަމްޓަން އާއި އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ ހޮވައިފިއެވެ.

ފްރާންސްގެ ޕްރިހުގައި ރޭ ބޭއްވި ބަލޮންޑޯ އެވޯޑް ހަފުލާގައި މި އެވޯޑް މި ދެ ކުޅުންތެރިންނާ ހަވާލުކޮށްދިނީ އިޓަލީގެ މަޝްހޫރު ކީޕަރު ޖިއަންލުއިޖީ ބުފޮން އާއި އިނގިރޭސި ކުރީގެ ގައުމީ ކީޕަރެވެ.

ހުސްވި ޖޫން މަހު ބޭއްވި ޔޫރޯ އިނގިރޭސިންނަށް ކާމިޔާބުކޮށްދޭން މުހިންމު ދައުރެއް އަދާ ކުރި ހަމްޓަންއާ މި އެވޯޑަށް ވާދަ ކުރީ ކަޓްރީން ބާގާ އާއި ސްޕޭނާއި ބާސެލޯނާގެ ކީޕަރު ކަޓަލީކާ ކޯލް އާއި ޕީއެސްޖީގެ ޗިމަނާ އާސެނަލްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޑަފްނޭ ވޭން އެވެ.

އުމުރުން 23 އަހަރުގެ ހަމްޓަން ވަނީ ޗެލްސީގައި ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޕީއެސްޖީއާ މައްސަލަ ޖެހިގެން މި ސީޒަން ފެށުމާއެކު މެންޗެސްޓާ ސިޓީއަށް ބަދަލުވި ޑޮންނަރުންމާ ވަނީ ހުސްވި ސީޒަނުގެ ތިން ތަށި ޕީއެސްޖީ އަށް ކާމިޔާބުކޮށްދީފަ އެވެ. އެއީ ފްރާންސް ލީގާއި ފްރެންޗް ކަޕުގެ އިތުރުން ފުރަތަމަ ފަހަރަށް ޕީއެސްޖީ ހޯދި ޗެމްޕިއަންސް ލީގެވެ. މިއާއެކު އެ ކުލަބުގެ ތާރީހުން ޖާގަ ހޯދައި އޭނާ ވަނީ ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ވެސް އެ ޓީމު ގެންގޮސްދީފަ އެވެ.

ޑޮންނަރުންމާއާ އެންމެ ގާތުން މި އެވޯޑަށް ވާދަ ކުރީ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ އާއި އިންޓަ މިލާނުގެ ކީޕަރު ޔެން ސޯމާ އާއި އަލް ނަސްރުގެ މޮރޮކޯ ކީޕަރު ޔާސީން ބޫނޯ އާއި ރެއާލް މެޑްރިޑްގެ ތިބައޫ ކޯޓުއާ އެވެ.

ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ގާޑް މުލާގެ ޓްރޮފީ ހާސިލް ކުރީ އާސެނަލްގެ ފޯވާޑް ޔޯކެރެޝް އާއި ބާސެލޯނާގެ އެވާ ޕަޔޯއެވެ.