ޚަބަރު

އޭޓީއެފް މުބާރާތުގެ ދެވަނަ ހަފްތާގެ ޗެމްޕިއަންކަން ނަބާ އާއި ކަރިން އަދި ނީމްއަށް


އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ދެވަނަ ހަފްތާގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާ ނިޝާން އަދި އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން އައިޝަތު ކަރިން ސައިޒާން އާއި ނީމް ސަލީމް އަހުމަދު ހޯދައިފިއެވެ.

އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ދެވަނަ ހަފްތާގެ އަންހެން ސިންގަލްގެ ޗެމްޕިއަންކަން ނަބާ ހޯދީ ފައިނަލްގައި މަންހާ މުހައްމަދު އަލީ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-2 އަދި 7-5 ންނެވެ.

މި މުބާރާތުގެ ދެވަނަ ހަފްތާގެ އަންހެން ކެޓަގަރީގެ ޑަބަލްސްގެ ފައިނަލް މެޗު ނީމް އަދި ކަރިންގެ ޕެއާއިން ކާމިޔާބުކުރީ ސާރާ ސާމީ މުހައްމަދާއި ކިޔާރާ އުސާމާ އަލީ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނީމް އާއި ކަރިންގެ ޕެއާއިން ކާމިޔާބުކުރީ 6-3 އަދި 6-1 ންނެވެ.

މިއަދު ހެނދުނު ކުޅުނު ފިރިހެން ސިންގަލްސްގެ ފައިނަލް މެޗު ކާމިޔާބުުކުރީ ސްރީލަންކާގެ މަޔޫރަން ކުބެރަނެއެވެ. އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ދެވަނަ ހަފްތާގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން މަޔޫރަން ހޯދީ ފައިނަލްގައި އިންޑިއާގެ ޑަދިޗް މާދަވް ބަލިކޮށްގެންނެވެ.

ދެވަނަ ހަފްތާގެ ފިރިހެން ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ލަންކާގެ މަޔޫރަން އާއި ހުސެއިން ނަގީބްގެ ޕެއާއެވެ. ފައިނަލްގައި މި ދެކުޅުންތެރިން ނިކުތީ ލަންކާގެ ވިޖެސޫރިޔާ އާއި ސަނޫޖާ ބުއްދީކާގެ ޕެއާ އާއި ދެކޮޅަށެވެ.

މިއަދު ނިމިގެން ދިޔަ މި މުބާރާތުގެ ދެވަނަ ހަފްތާގަައި ވާދަކުރީ ރާއްޖެއާއި އިންޑިއާއި އަދި އިންޑިއާގެ ކުޅުންތެރިންނެވެ.