މިމަހުގު ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ބައިލައްކައަށްވުރެގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 13 ދުވަސްތެރޭ ރާއްޖެއަށް ވަނީ 62،027 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %18.7 އިތުރު އަދަދެކެވެ.
މި އަދަދުތަކާއި އެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.5 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.4 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %9.7 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.
• ޗައިނާ: 245،553ފަތުރުވެރިން
• ރަޝިއާ: 186،263ފަތުރުވެރިން
• އިނގިރޭސިވިލާތް: 138،869ފަތުރުވެރިން
• އިޓަލީވިލާތް: 108،837 ފަތުރުވެރިން
• ޖަރުމަންވިލާތް: 106،919 ފަތުރުވެރިން
ރާއްޖެއަށް މިއަހަރު ގެނައުމަށް ސަރުކާރުން އަމާޒުހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިންނެވެ. މި އަމާޒު ހާސިލްކުރުމަށް ދެން އިތުރަށް ބޭނުންވަނީ 7 ލައްކަ ފަތުރުވެރިންނެވެ.
ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން އައުމާއިއެކު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރަށް ކަނޑައެޅި އަމާޒު ހާސިލްވާނެކަމުގެ އުންމީދު ބޮޑުކަމަށެވެ.