ޚަބަރު

އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން: ސިންގަލްސް ޗެމްޕިއަންކަން ނަބާއަށް


މިހާރު ކުރިޔއަށްދާ އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާ ނިޝާން ހޯދައިފިއެވެ.

މި އިވެންޓުގެ ޗެމްޕިއަންކަން ނަބާ ހޯދީ ކިޔާރާ އުސާމާ އަލީއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު 2-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.

މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ނަބާ ގެންދިޔައީ 6-2 ޕޮއިންޓުންނެވެ. ދެވަނަ ސެޓު 6-4 ން ކާމިޔާބުކުރީ ކިޔާރާއެވެ. އެހެންނަމަވެސް ތިންވަނަ ސެޓުގައި ނަބާ ވަނީ ކުޅުން ރަނގަޅުކޮށް 6-4 ން އެ ސެޓު ކާމިޔާބުކޮށްފައެވެ.

ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަންގެ މެޗުތައް ކުރިޔަށްދަނީ މާލޭ ޓެނިސް ސެންޓަރުގައެވެ. މި ސަރަހައްދުގެ ގަައުމުތަކުން ވާދަކުރާ މި މުބާރާތުގައި 18 ފިރިހެން ކުޅުންތެރިންނާއި 13 އަންހެން ކުޅުންތެރިން ވާދަކުރެއެވެ.