ޚަބަރު

އައިޓީއެފް ޖޭ30: އާރާ ސެމީއަށް، ނަބާ ކުއާޓާއަށް


މިހާރު ކުރިއަށްދާ އައިޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން ޖޭ30 ޓެނިސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އާރާ އާސަލް އާޒިމް ސެމީ ފައިނަލްގެ ޖާގައެއް ހޯދިއިރު، ނަބާ ނިޝާން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓުން އާރާ އާއި ތައިލެންޑްގެ ޓަރީޓާގެ ޕެއާ ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި ނަބާ ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ މިއަދު ރަޝިއާގެ އެނާ ސްޓެޕަންޔަންޓްސް 2-1 ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-3 އަދި 1-3 އިންނެވެ.

މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ އިތުބާރު ޓެނިސް ކުޅުންތެރިޔާ އާރާ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދީ ޗައިނާގެ މެންގްސީ ސުން އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް އާރާ ގެންދިޔައީ 6-3 އަދި 6-2 އިންނެވެ.

މާދަމާ ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ހެނދުނު 10:30 ގައި އާރާ ނިކުންނާނީ ކަޒަކިސްތާނުގެ ޓަމާރާ އެރްމަކޯވާއާ ދެކޮޅަށެވެ. ހަމަ އެ ގަޑީގައި ކުއާޓާ ފައިނަލަށް ނަބާ ނިކުންނާނީ ފްރާންސްގެ ޝާލޮޓް ޕަރކްސްއާ ދެކޮޅަށެވެ.