ޚަބަރު

މާފުށީ ސްކޫލުގެ 12 ކްލާސްރޫމުގެ އިމާރާތް ނިންމައި، ފިނިންޝިންގެ މަސައްކަތް ކުރިއަށް


  • މިހާރު ކުރިއަށްދަނީ ޓައިލިންގ އާއި ސީލިންގުގެ މަސައްކަތްތައް

  • އެމްޓީސީސީ މިމަސައްކަތް ހަވާލުކޮށްފައިވަނީ 758066.60ރ

މާލެ އަތޮޅު މާފުށީ ސްކޫލުގައި ތަރައްޤީކުރާ 12 ކްލާސްރޫމުގެ އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ މިހާރު ކުރިއަށްދަނީ ޕްރޮޖެކްޓް އެންމެ ފަހުގެ މަސައްކަތްތައްކަަމަށެވެ. އެގޮތުން ޓައިލިންގެ މަސައްކަތާއި ސީލިމްގެ ގެ މަސައްކަތް މިހާރު ނިމެމުންދާކަމަށް އެމްޓީސީސީން މައުލޫމާތުދެއްވިއެވެ.

މީގެ އިތުރުން އިމާރާތަށް ބޭނުންވާ ބައެއް އެހެން ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކުރުން ކުރިިއަށްދާކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

..

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 758066.60ރ (ހަތްލައްކަ ފަންސާސްއަށްހާސް ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސްލާރި)އަށެވެ.

ސަރުކާރު ސްކޫލްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސްކޫލްތަކުގައި އައު ޢިމާރާތާއި މަލްޓިޕަރޕަސް ހޯލްތައްހެދުމުގެ ގިނަ މަޝްރޫޢުއެއްގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދެއެވެ.

ސްކޫލްތަކަށް ދަރިވަރުން އިތުރުވަމުންދާ މިންވަރަށް ބަލައިގެން އެތަންތަނަށް އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ޖާގަ ތަނަވަސް ޢިމާރާތްކަން ސްކޫލްތަކުން ފާހަގަކުރެއެވެ. އަދި ބައެއް ސްކޫލްތަކުގައި ހުރި އެތައް އަހަރެއްވީ ސްކޫލް ޢިމާރާތްތަކުގައި ކިޔަވައިދިނުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަންވެސް ސްކޫލްތަކުން ފާހަގަކުރެއެވެ.