ޚަބަރު

ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުންޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެ


  • މިޙާދިސާގައި ނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސްވަނީ ނިޔާވެފައިކަމަށް ފުލުހުން ވިދާޅުވޭ

  • މިޙާދިސާގައި ނިޔާވެފައިވަނީ ދިވެހި ފިރިހެނެއް

ކ. ތުލުސްދޫ ކައިރިން ދޯންޏެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިޙާދިސާގެ ރިޕޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އެ ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ނިޔާވެފައިވާކަން ފުލުހުންވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނިޔާވެފައިވަނީ ބ. ކުޑަރިކިލަށް ނިސްބަތްވާ ފިރިހެނެކެވެ.

އެމީހާ ތުލުސްދޫގައި ހުންނަ ކ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ޙަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެދޯނިން ދަތުރުކުރިކަމަށް މައުލޫމާތު ލިބިފައިވަނީ 6 މީހުންކަމަށެވެ. މިހާދިސާގައި ދަތުރުކުރި އަނެއް 5 މީހުންވަނީ ފެނިފައެވެ.