ހދ. މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މަކުނުދޫގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަކުނުދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އަދި މި ޚިދުމަތް މިހާރުވެސް ގިނަ އަތޮޅުތަކެއްގައި ވަނީ ފަށާފައެވެ.
އަތޮޅުތެރޭގެ ރަށްތަކުން ޕާސްޕޯޓް ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމާއިއެކު އެއަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ޕާސްޕޯޓް ހެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ޕާސްޕޯޓް ހެއްދުމަށް މާލެ އަންނަންޖެހޭ ޖެހުމަށް ހުއްޓުމެއް ލިބިގެންދާނެކަމެއްގެ ގޮތުގައި ސަރުކާރުން ވިދާޅުވެއެވެ.
މިހާތަނަށް 13 އަތޮޅެއްގައި މި ޚިދުމަތް ދޭންވަނީ ފަށާފައެވެ. ޕާސްޕޯޓްގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި އައިޑީކާޑު ހެއްދުމުގެ އިންތިޒާމްވެސް ސަރުކާރުން ދަނީ ހަމަޖައްސަވައި ދެއްވަމުންނެވެ.