ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ނައިވައިދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެެއްވައިފިއެވެ.
ނައިވައިދޫ ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވެރިންނާ އެރަށުގެ ކައުންސިލުގެ ބޭފުޅުންވެސްވަނީ ބައިވެރިވެވަޑައިގަންފައެވެ.
މި ދަނޑަކީ ސަރުކާރުގެ ފަރާތުން އަމިއްލަ ކުންފުންޏަކާ ހަވަލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ގާތްގަނޑަކަށް ދެ އަހަރާ ބައިން ނިމުނު މި މަޝްރޫޢާއެކު، ނައިވައިދޫއަށް ކުޅިވަރު ދާއިރާއިން ބޮޑު ކުރިއެރުމެއް އަންނާނެއެވެ.
ނައިވާދޫއަކީ ކުޅިވަރަށް ޝައުޤުވެރިކަން އޮންނަ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ގޯލްޑަން ފުޓްސަލްގެ ރަނަރަޕްކަން ހޯދާފައިވާ ނައިވާދޫއަށް މި ލިބުނު ދަނޑަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ ދަނޑެކެވެ. ފުޓްސަލް މުބާރާތްތަކަށް ފަރިތަކުރުންތައް ބޭއްވުމަށް މީގެ ކުރިން ޚާއްސަ ދަނޑެއް ނޯވެއެވެ. އަލަށް ހުޅުވުނު ދަނޑާއެކު، ރަށުގެ ފުޓްސަލް ޓީމަށްވެސް ލުއިފަސޭހަތަކެއް ވެގެންދާއިރު، މިއީ ރަށުގެ ކުޑަކުދިން މިކުޅިވަރަަށް ތަމްރީނުކުރުމަށްވެސް ހުޅުވުގެންދާނެ ދޮރެއްކަމަށް ކައުންސިލުން ގަބޫލުކުރެއެވެ.
ނައިވާދޫއަކީ ފުޓްސަލް ކުޅުމަށް މޮޅެތި ކުޅުންތެރިން ތިބި ރަށެކެވެ. މީގެ އިތުރުން ގައުމީ އަންހެން ފުޓްސަލް ޓީމުގައިވެސް ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެއެވެ.