ޚަބަރު

ނައިވާދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައީސް


ހދ. ނައިވާދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރާނެ ބަޔަކު މިމަހުގެ ތެރޭގައި ހޯދާފައިވާކަމަށާއި ވަރަށް އަވަހަށް އެ ދަނޑުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ނައިވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ފުަޓްބޯޅައިގައި ވަރަަށް ކާމިޔާތައް ހޯދާ ރަށެއް ކަމަށާއި އެހެންނަމަވެސް ފުޓްބޯޅަ ދަނޑުގެ ބޭނުން އޮތީ ނުހިފި ކަމަށެވެ.

ރައީސް ވިދާޅުވީ އެ ފުޓްބޯޅަ ދަނޑު ތަރައްގީކުރާނީ ހުރިހާ ވަސީލަތްތަކާއި އެކު ރޭގަނޑައި ދުވާލުވެސް ދަނޑު ބޭނުން ކުރެވޭ ގޮތަށް ކަމަަށެވެ.

”ލައިޓްޖެހުމާ ހަމައަށް ރަނގަޅު ފެންވަރުގައި އިރާދުކުރެއްވިއްޔާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އެ މަޝްރޫއު ނިމިގެންދާއިރު މި ދެންނެވި ފަދައިން ފެންސްޖެހި ލައިޓްޖެހި ހުރިހާ ކަމެއް ފުރިހަމަވެގެންދާނެ. އިރާދުކުރެއްވިއްޔާ އެކަން ދާދި އަވަހަށް މި ދެންނެވި ގޮތަށް ފެށިގެންދާނެ“ ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނައިވާދޫ ޒުވާނުންނަށް އަދި ކުޅިވަރަށް ކުޅޭ ފަރާތްތަކަށް މިއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.