ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ލޫޠު މުޙައްމަދު ޙުސައިން އަނެއްކާވެސް އައު ކޮށްފިއެވެ.
ލޫޠު މި ރެކޯޑު އައު ކޮށްފައިވަނީ މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00:31.81 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީވެސް ލޫޠެވެ. އެއީ މީގެ 3 ދުވަސް ކުރިން ހަމަ މިމުބާރާތުގައި ފެތި 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:32.67 އިން ފުރިހަމަކޮށްގެންނެވެ.