198 ދިރާސާ ކަރުދާހާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ތެވެލި" ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިއެވެ. 2017ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު މިކޮންފަރެންސް ބާއްވަމުން އަންނައިރު މިއީ ތެވެލި ބާއްވާ 8 ވަނަ އަހަރެވެ.
ތެވެލި ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ "އިވޯލްވިންގ ޕެރެޑައިމްސް މަރޖިންގ ރިސަރޗް އެވިޑެންސ،ް އެންޑް ޕްރެކްޓިކްސް" އެވެ. މި ކޮންފަރެންސް ކުރިއަށް ދާނީ އޮގަސްޓް 18 އިން 21 އަށެވެ.
ތެވެލި ބައިނަލްއަޤްވާމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހާރިޖީ ވަޒީރު ޑރ. ޢަބްދު الله ޙަލީލް އެވެ. މި ހަފްލާގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝައުޤ،ީ ވައިސް ޗާންސަލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ޑެޕިއުޓީ ވައިސް ޗާންސަލާރސ،ް ޔުނިވާސިޓީގެ އިސް ވެރިންގެ އިތުރުނ،ް ސަރުކާރުގެ އިސްވެރިނާއި ކީނޯޓް ސްޕީކާރސް ޕްރެސެންޓާރްސް ކޮންފަރެންސްގެ ބައިވެރިން އަދި ޔުނިވާސިޓީގެ މުވައްޒަފުންނާއި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ވިދާޅުވީ ތެވެލި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދިރާސާ ކުރާ ފަރާތްތަކަށާއި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމަށްޓަކައި އަދި އެފަދަ ސަގާފަތެއް ދަރިވަރުންގެ މެދުގައި އަށަގެންނެވުންކަަމަށެވެ. އަދި ދިރާސާ ކުރާފަރާތްތަކާއި އަދި ބޭރުގެ ފުންނާބު އުސް ދިރާސާ ވެރިންނާ އެއް ޕްލެޓްފޯމަކަށް ގެނެސް ގުޅުވައި ދީ ދިރާސާ ކުރުމުގެ އާގޮތްތަކާއި އާޚިޔާލުތަކަށް ފުރުސަތު ހުޅުވުމަށް މަގުފަހިކޮށްދިނުންކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވ،ީ ހާރިޖީ ވަޒީރު ޑރ. ޢަބްދު الله ޙަލީލް ބައިވެރިވެވަޑައިގަތުމަކީ ދިރާސާތައް ކުރިއެރުވުމާއ،ި ހެކިތަކުގެ މައްޗަށް ބިނާކޮށް މަޢުލޫމާތު ފުޅާކުރުމަށް އެމްއެންޔޫއިން ކުރާ މަސައްކަތަށް ސަރުކާރުގެ ވަރުގަދަ އެއްބާރުލުން އޮތްކަން ހާމަވެގެންދާ ކަމެއްކަމަށެވެ.
ޑރ. ޝެހެނާޒް ވިދާޅުވ،ީ ތެވެލި ކޮންފަރެންސަކީ އެކަޑަމިކް ފެންވަރުގެ އެއް ސިފަ ކަމަށާއ،ި ކޮންމެ އަހަރަކުވެސް އެ ކޮންފަރެންސް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވ.ެ އެގޮތުން ދިވެހި އަދި ބައިނަލްއަޤްވާމީ ދިރާސާވެރިންނާއ،ި އެމްއެންޔޫގެ މުވައްޒަފުންނާއި ދަރިވަރުންގެ ބައިވެރިވުން އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
" ދިރާސާތަކަކީ އެކަހެރިކޮށް ކުރިއަށް ގެންދެވޭނެ ކަމެއް ނޫން، އޭގެ ހެކިތައް ބޭނުންކޮށްގެން އަޅުގަނޑުމެން ދިރިއުޅޭ މާހައުލަށް އަދި ޤައުމީ ތަރައްޤީއަށް ހަޤީޤީ ކުރިއެރުން ގެނައުމަށް މަސައްކަތްކުރަން ޖެހޭނެ، މި އަހަރުގެ ކޮންފަރެންސްގައ،ި އެމްއެންޔޫގެ ދަރިވަރުންނަށް ޚާއްސަކޮށް ފުރަތަމަ ފަހަރަށް 'ސްޓޫޑެންޓް ސިމްޕޯސިއަމް' އެއް ވަނީ ތައާރަފްކޮށްފައި"ޝެހެނާޒް ވިދާޅުވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މިއީ ޒުވާން ދިރާސާވެރިންނަށް ކުޑައިރުން ފެށިގެން ދިރާސާކުރުމަށް ބާރުއަޅައ،ި ސުވާލުކުރުމަށް ހިތްވަރުދ،ީ އެމީހުންގެ ހޯދުންތައް ހިއްސާކުރުމަށް ފުރުޞަތު ހުޅުވާލުމަށް ކުރެވުނު މަސައްކަތެއް ކަމުގައިއެވެ.
މި އަހަރު ތެވެލި ކޮންފަރެންސަށް ޖުމްލަ 237 ދިރާސާއެއް ވަނީ ހުށައެޅިފައިއެވެ. އޭގެ ތެރެއިން 198 ދިރާސާ ޤަބޫލުކުރެވިފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ. މި އަދަދަކީ މިދިޔަ އަހަރަށްވުރެ 31 ދިރާސާ އިތުރު އަދަދެއް ކަމުގައިވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ވިދާޅުވިއެވެ.