ޚަބަރު

ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕަށް ރާއްޖޭގެ ފެތުންތެރިން ރުމޭނިއާއަށް


ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން މުބާރާތް ބާއްވާ ރުމޭނިއާގެ އޮޓޮޕެނީއަށް ހިނގައްޖެއެވެ.

އޮގަސްޓް 19-24 އަށް އޮޓޮޕެނީގެ އެކުއެޓިކްސް ކޮމްޕްލެކްސްގައި ބާއްވާ ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 16 ފެތުންތެރިން ވާދަކުރާނެއެވެ.

އޭގެތެރޭގައި ހިމެނެނީ 14 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރައިން 50 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކުރާ ނާޒިމް އިޒްޔާން، 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރާ ދާނިޔާލް އަމީން ފައިޞަލް، 200 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރާއިބްރާހިމް މަޢާޛު ސާޖިދު އާއި ޝައިމް ޙުސައިން އިބްރާހިމް އަދި 400 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކުރާ ޔާސީން މުޙައްމަދު ޔޫސުފް އަދި އައިމަން މޫސާ ރަޝީދެވެ.

މީގެ އިތުރުން ބެކްސްޓްރޯކް އިވެންޓުގައި ރާއްޖޭން ވާދަކުރާނީ އިބްރާހިމް މަޢާޛު ސާޖިދާއި ޒުކައިން އަބުދުﷲ ޙަނީފެވެ. ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކުރާ އެތުލީޓުންނަކީ އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން އަދި އިފްޒާލް އިބްރާހިމް މަޙްފޫޒެވެ.

ބަޓަފްލައި އިވެންޓުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަކީ ދާނިޔަލް އަމީން ފައިޞަލް އަދި އިފްޒާލް އިބްރާހިމް މަޙްފޫޒެވެ. މެޑްލޭ އިވެންޓްގައި ވާދަކުރާނީ އައިމަން މޫސާ ރަޝީދާއި ޝައިމް ޙުސައިން އިބްރާހިމް އަދި މަކީން އަޙްމަދު ޝަކީބެވެ.

ވޯލްޑް އެކުއެޓިކްސް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން އެތުލީޓުންގެ ތެރޭގައި ހިމެނެނީ ފްރީސްޓައިލް އިވެންޓުގައި ވާދަކުރާނީ ދާލިޔާ ޢާއިދާ ލަޠީފް، އާމިނަތު ތަޒްކިޔާ މިރުޝާދު، އައިޝަތު ޢަލީނާ ޝާހިދު، އަޔާނާ ޢަރީފް، ލައިބާ ޙަސަން މަނިކެވެ.

ބެކްސްޓްރޯކް އިވެންޓުގައި ވާދަކުރަނީ އަޔާނާ ޢަރީފް، އާމިނަތު ތަޒްކިޔާ މިރުޝާދު، މަލާއިކާ ލިންޑާ ޢިމްރާން އަދި ސާރާ މުޙައްމަދެވެ. ބްރެސްސްޓްރޯކް އިވެންޓުގައި ވާދަކުރަނީ ސާރާ މުޙައްމަދާއި، ދާލިޔާ ޢާއިދާ ލަޠީފެވެ.

ޓަބަފްލައި އިވެންޓުގައި ވާދަކުރާނީ މިރާލް ޢައިން ލަޠީފް، އައިޝަތު ޢަލީނާ ޝާހިދެވެ. މެޑްލޭ އިވެންޓުގައި ވާދަކުރާނީ މިރާލް ޢައިލް ލަޠީފު، ޢާއިޝަތު ޢަލީނާ ޝާހިދު އަދި ލައިބާ ޙަސަންއެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ ރާއްޖެއިން މިމުބާރާތުގައި ވާދަކުރާ އެތުލީޓުން ތިބީ ރާއްޖެއަށް ފަހުރުވެރި ކާމިޔާބީއެއް ހޯދައިދިނުމުގެ އަޒުމުގައި ކަމަށެވެ.