ޚަބަރު

ޒުވާނުން ވިޔަފާރިއަށް އަހުލުވެރިކުރުވުމަށް ރާއްޖޭގެ 12 ސަރަހައްދެއްގައި ބިޒްނަސް ކޭންޕުތަކެއް


  • ޒުވާނުން ވިޔަފާރީގެ ދާއިރާގައި ހިއްސާވަނީ 20 އިންސައްތަ

  • ކޭންޕް ކުރިއަށްގެންދިޔައީ ޒުވާނުން ޝައުގުވެރިވާނެގޮތައް

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ޒުވާނުން ވިޔަފާރީގެ މާހައުލަށް ޝައުގުވެރިކޮށް އަހުލުވެރިކުރުވުމުގެ ހަރަކާތެއް ކުރިއަށްގެންގޮއްސިއެވެ.

މި ހަރަކާތް ބާއްވާފައިވަނީ ވުނާރި: ބިޒްނަސް ކޭންޕުގެ ނަމުގައެވެ.

ބީސީސީން ވަނީ ވުނާރި ބިޒްނަސް ކޭންޕު ރާއްޖޭގެ 12 ސަރަހައްދެއްގައި ކުރިއަށްގެންގޮސްފައެވެ. މިއީ ރާއްޖޭގައި ކްރިއޭޓިވް އިނޮނޮމީއެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޒުވާނުން ވިޔަފާރިއަށް ޝައުގުވެރިކުރުވުމަށްޓަކައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ބީސީސީން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބީސީސީގެ މެނޭޖަރ ސްޓްރެޖެޓިކް ޑިވެލޮޕްމަންޓް ރީޖަނަލް ސަރވިސަސް ހުސައިން ނުވާސް ވިދާޅުވީ، މި ހަރަކާތް ޚާއްސަކޮށްފައި ވަނީ 16 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށްކަމަށެވެ. ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާހަމައަށް 12 ސަރަޙައްދެއްގައި ކުރިއަށްގެންދިޔަ މި ހަރަކާތައް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"އިވެންޓްގެ މައިގަނޑު އެއް މަޤްސަދަކީ ޒުވާނުން ވިޔަފާރީގެ މައިދާނަށް ނެރުން. މި އިވެންޓާއި އެހެން އިވެންޓާއި ތަފާތުވާ މައިގަނޑު ސަބަބަކީ މި އިވެންޓު ބޭއްވިގެން މިދިޔައީ ޒުވާނުން ޝައުގުވެރިވާ ކަންތައްތަކެއްގެ ތެރެއިން ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށް. އެއީ ހަމަ މައިގަނޑު އެއް އަމާޒަކަށް ވެގެންމިދަނީ" ނުވާސް ވިދާޅުވިއެވެ.

ބީސީސީއިން ވިދާޅުވީ މިފަހަރުގެ އިވެންޓާ، އެހެން އިވެންޓްތަކާއި ތަފާތުކަމަށެވެ. އެގޮތުން މިފަހަރުހެ ހަރކާތް ކުރިއަށްގެންދިޔައީ ގޮނޑުދޮށް ސަރަހައްދުގައެވެ. މީގެ ބޭނުމަކީ ދިވެހިންނަކީ މުއްސަނދި ތިމާވެއްޓެއް އޮތް ގައުމެއްކަން ޒުވާނުންނަށް އަންގައިދީ، ކުޅިވަރުތަކުގެ ތެރެއިން ވިޔަފާރީގައި ހުންނަ ކަންކަމަށް ޒުވާނުން އަހުލުވެރިކުރުވުންކަމަށް ބީސީސީން މައުލޫމާތު ދެއްވިއެވެ.


ކުދި ފަންތިއާ މެދުފަންތީގެ ވިޔަފާރިތަކުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ބީސީސީން ތަފާޓު ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ޒުވާނުންޒުވާނުން ވިޔަފާރީގެ ދާއިރާގައި ހިއްސާވަނީ %20 ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.