ކުޅިވަރު

ގައުމީ އެތުލެޓިކްސް މުބާރާތް: އަންހެނުންގެ ޝޮޓްޕުޓް އިވެންޓުގެ ގައުމީ ރިކޯޑު ޝާޔާ އައުކޮށްފި


މިހާރު ކުރިއަށްދާ 34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެނުންގެ ޝޮޓްޕުޓް އިވެންޓުގެ ގައުމީ ރިކޯޑު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އައިޝަތު ޝާޔާ ޝަފީޢު އައުކޮށްފިއެވެ. އޭނާ މި ރިކޯޑު އައުކޮށްފަވަނީ 9.80 މީޓަރު ދުރަށް ޝޮޓްޕުޓް އުކައި، ހޯދި ރަން މެޑެއްޔާއެކުއެވެ.

މި ރިކޯޑް މީގެ ހަތަރު އަހަރުކުރިންވެސް ހަދާފައިވަނީ އޭނާއެވެ. އެފަހަރު އޭނާ ރިކޯޑް ހަދާފައިވަނީ 9.57 މީޓަރަށް ޝޮޓް ޕުޓް އެއްލައިގެންނެވެ. މީގެ އިތުރުން 8.92 މީޓަރު ދުރަށް ޝޮޓްޕޮޓް އުކައިގެން ޗެމްޕިއަންޝިޕުގެ މީޓް ރިކޯޑްވެސް އޭނާވަނީ މީގެ ކުރިން ހަދާފައެވެ.

އަންހެނުންގެ ޝޮޓް ޕުޓް އިވެންޓުގެ ރިހި މެޑަލް ހޯދާފައިވަނީވެސް ޓްރެކް އެންޑް ފީލްޑްގެ އެތުލީޓެކެވެ. ޢާއިޝަތު ޢައިނީ މުހަންމަދަށް ދެވަނަ ލިބުނީ 8.67 މީޓަރަށް ޝޮޓް ޕުޓް އެއްލައިގެންނެވެ. މި އިވެންޓުން ލޯ މެޑަލް ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ތަމްސީލުކުރަމުންދާ ލައުހާ ހުސައިންއެވެ. އޭނާވަނީ 7.37 މީޓަރު ދުރަށް ޝޮޓް ޕުޓް އެއްލާފައެވެ.

34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.