ކުޅިވަރު އެކުވެނީގައި މިހާރު ކުރިއަށްދާ 34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތުގެ މެންސް ޓްރިޕްލް ޖަމްޕް ކެޓެގަރީން ރަން މެޑެލް ލޫތު މުޙައްމަދު ފައިޒާން ޞާބިގު ހޯދައިފިއެވެ.
މި އިވެންޓުގެ ރަން މެޑެލް އޭނާ ހޯދާފައިވަނީ 11.69 މީޓަރަށް ފުންމައިގެންނެވެ. މިމުބާރާތުގައި އޭނާ ވާދަކުރަމުން އަންނަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުންނެވެ.
މި އިވެންޓުގެ ރިހި މެޑެލް ދިވެހި ސިފައިންގެ ކުލަބުގެ މުހަންމަދު ޖައިލަމް ވަލީދު ހޯދާފައިވާއިރު، އޭނާ ފުންމާފައި ވަނީ 11.39 މީޓަރަށެވެ. އަދި 11.06 މީޓަރަށް ފުންމައިގެން މި އިވެންޓުން ލޯ މެޑެލް ހޯދާފައި ވަނީ ނަސީރު ސްޕޯޓްސް ކުލަބުގެ އެތުލީޓު އަޝްޔަމް އައިމަން ޢަބްދުﷲ އެވެ.
މެންސް ޓްރިޕްލް ޖަމްޕް ކެޓެގަރީގެ ގައުމީ ރިކޯޑާއި މީޓް ރިކޯޑު މިވަގުތު ދަމަހައްޓަމުން އަންނަނީ އަހުމަދު ފާއިލްއެވެ. އޭނާ މި ރިކޯޑް ހަދާފައި ވަނީ 12.76 މީޓަރަށް ފުންމައިގެންނެވެ.
34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިމުބާރާތުގައި 20 ކުލަބަކުން 204 އެތުލީޓުން އަންނަނީ ވާދަކުރަމުންނެވެ.