ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ވަޑައިގަތީ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ.
ސިންގަޕޫރަށް ރައީސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އެމަނިކުފާނު އެންމެ ފަހުން ފުރަމާނަ ދަތުރުފުޅެއް ކުރެއްވީވެސް ސިންގަޕޫރަށެވެ.