ކިޔަވައިދިނުމުގައި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު އިތުރުކުރުމުގެ ގޮތުން "ކެންގަރޫ ކިޑްސްގެ ވޯލްޑް ފެސްޓް 2016" ގެ ނަމުގައި ކެންގަރޫ ކިޑްސްއިން ޙަރަކާތެއް ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ކެންގަރޫ ކިޑްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދެވެ.
img:http://s3.psmnews.mv/images/660x400/14704941406741.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު- ކެންގަރޫ ކިޑްސްގެ ވޯލްޑް ފެސްޓްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާޔަން ވިދާޅުވީ ކުރިއާ ޚިލާފަށް، ދަރިވަރުންނަށް އުނގަންނައިދޭ ފިލާވަޅުތައް ޢަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ސްކޫލްތަކުން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެ ގޮތުން މިއަދު ކެންގަރޫ ކިޑްސްއިން މި ފެށި ޙަރަކާތް މެދުވެރިކޮށް، އެހެން ޤައުމުތަކުގެ އާދަކާދަތަކާއި ސަޤާފަތް ބަލާލާ، ތަޖުރިބާކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
img:http://s4.psmnews.mv/images/660x400/14704940848974.jpg|ކެންގަރޫ ކިޑްސްގެ ވޯލްޑް ފެސްޓްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
"މިއަދު ތިކުދިން އެހެން ޤައުމަތަކުގެ ސަޤާފަތް ދެއްކި ނަމަވެސް ރާއްޖެއިން ބޭރުގައި، ރާއްޖޭގެ ޒަމާންވީ އާދަކާދައާއި ސަޤާފަތާއި ބަސް އެތަންތަނުގައި ޕްރޮމޯޓް ކުރާތި. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ރާއްޖޭގެ މުއްސަނދި ކަމާއި ޒަމާންވީ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި އެތަނެއްގެ ބަޔަކަށް އަންގައިދޭތި" ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14704940688077.jpg|ކެންގަރޫ ކިޑްސްގެ ވޯލްޑް ފެސްޓްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
މިއަދު ފެށި މިޙަރަކާތުގައި ދުނިޔޭގެ ތޭރަ 13 ޤައުމެއްގެ ސަޤާފަތާއި އާދަކާދަ ތަމްޞީލުކޮށްދޭ ގޮތަށް އެ ސްކޫލްގެ ކްލާސްރޫމްތަކަށް ފަރުމާކޮށްފައިވާ ކަމަށް ކެންގަރޫ ކިޑްސް އިން މަޢުލޫމާތުދެއެވެ.