ޚަބަރު

ރިސޯޓް ވޮލީ ލީގުގެ އދ ލީގު ފަށައިފި


ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ރިސޯޓް ވޮލީ ލީގުގެ އދ ލީގު ފަށައިފިއެވެ.

އދ ލީގުގެ މެޗުތައް ކުޅޭނީ އދ ދަނގެތީގައެވެ. މި ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ލަކްސް މޯލްޑިވްސް އާއި ޑަބްލިއު މޯލްޑިވްސްއެވެ.

މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޑަބްލިއު މޯލްޑިވްސް އިންނެވެ. މި މެޗުގެ ސެޓުތައް ޑަބްލިއު މޯލްޑިވްސްއިން ކާމިޔާބުކުރީ 25-20، 25-17 އަދި 25-10 އަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑަބްލިއު މޯލްޑިވްސްގެ މުހައްމަދު ރަޝީދެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އދ ލީގުގައި ވާދަކުރަނީ ކޮންރެޑް، ލަކްސް، ވިލަމެންދޫ، ލިލީ ބީޗް އަދި ލަކްސް އެވެ.

ރިސޯޓް ވޮލީ ލީގުގައި ނިމިގެންދިޔަ ނޯތު މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުންނެެވ. އަދި ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދީ ސަން ސިޔާމް މޯލްޑިވްސް އޮޅުވެލި ރިސޯޓުންނެވެ.