މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފިއެވެ.
ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމުގައި ކުރިން ހުރި އަލްއުސްތާޛް އަބްދުالله އަޝްރަފު، 31 ޖުލައި ގައި ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައެވެ.
މިއީ މާލީ ފްރޯޑްތައް ބަލަން މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި އޮންނަ ފައިނޭންޝަން އިންޓެލިޖެންޓް ޔުނިޓެވެ. އެމްއެމްއޭއިން ވިދާޅުވީ، މިއީ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ބަދަލެއްކަމަށެވެ.
އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމަށް އައްޔަނުކުރެއްވި އިސްމައިލް ސާޖިދަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަޤާމުން އިސްތިއުފާދެއްވީ މިދިޔަ ޖުލައި މަހުއެވެ.