ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ކެނދިކުޅުދޫއަށް ވަޑައިގަންނަވައިފި


  • ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ 21 އިން 25 ކުރައްވާ ދަތުރުފުޅެއް

  • ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހެނބަދޫއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށް ގިނަބަޔަކުވަނީ ބަނދަރު ސަރަހައްދުން އެއްވެފައެވެ.

ހެނބަދޫއަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ތިންވަނަ ރަށެވެ.

މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކެނދިކުޅުދޫ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫގައި ތަރައްޤީކުރާ ވިޒިޓަރސް ސެންޓަރުގެ ބިންގާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެރަށުގައި އެމްޓީސީސީގެ ދަށުން ހިންގާ އާރްޓީއެލްގެ ސްކޫލް ބަހުގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 21 އިން 25 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.