މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ސާފް ލީގު 2025 ގެ ފުރަތަމަ މުބާރާތް ކަމަށްވާ މުލީކޮޅު ރާޅުގަނޑުގެ ކުއާޓަރފައިނަލްގެ ހީޓުތަކުގައި ވާދަކުރާ އެތުލީޓުން ކަނޑައަޅައިފިއެވެ.
މި މަހުގެ 16-19 ގެ ނިޔަލަށް މ. މުލީގައި ކުރިޔަށްދާ މި މުބާރާތުގެ 18 އަހަރުން ދަށުގެ ޖޫނިއާ މެންސް އިވެންޓުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ ކަޔާން އަބްދުالله އާއި އަހުމަދު ލުޒައިން އަދި ހަސަން އަޒާން އާއި ގޫސުފް ކަޔާންއެވެ.
ކުއާޓާރ ފައިނަލްގެ ދެވަނަ ހީޓްގައި ވާދަކުރީ އަހުމަދު އާލް އާއި ޔާސީން އަހުމަދު އާއި މުހައްމަދު އިނާން އާއި ސައްޔިދު ސަލާހުއްދީންއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި މުލީ ކައުންސިލް އަދި މ. އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މުލީކޮޅު ރާޅުގަނޑު މުބާރާތަކީ މިއަހަރުގެ ލީގުގެ ފުރަތަމަ އިވެންޓެވެ.
މި މުބާރާތުގައި ޖޫނިއަރ 18 އަހަރުން ދަށުގެ ފިރިހެން ޝޯޓް ބޯޑް އިވެންޓުގައި 21 އެތުލީޓުން ވާދަކުރެއެވެ. އަދި މެންސް އޯޕަން ޝޯޓް ބޯޑް އިވެންޓުގައި 22 އެތުލީޓުން ވާދަކުރެއެވެ.
މުލީކޮޅު ރާލުގަނޑަށް ފަހު މިއަހަރުގެ ލީގުގެ ދެވަނަ މުބާރާތް އޮންނާނީ ސެޕްޓެމްބަރުގައެވެ. ކެރަންޑޫގެ ނަމުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މި މުބާރާތް އޮންނާނޯ ލ. މާބައިދޫ މެޝިންސާފް ބްރޭކްގައެވެ. ދިވެހި ސާފް ލީގުގެ ފައިނަލް އިވެންޓް ރަންނަމާރި ޗެލެމްޖް އޮންނާނީ ނޮވެމްބަރުމަހުގެ ކުރީކޮޅު މާލޭ ވަރުނުލާ ރާޅުގަނޑުގައެވެ.