ކުޅިވަރު

އިންޑިއާގެ ގައުމީ ފުޓްބޯޅަ ކޯޗު މަގާމުން ވަކިކޮށްފި


އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން މަނޮލޯ މުނޯޒް ވަކިކޮށްފިއެވެ.

އޭނާ އަށް މަގާމު ދިންތާ ގާތްގަނޑަކަށް އަހަރެއް ފަހުން މި ގޮތަށް ނިންމީ އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ބައްދަލުވުމަކުންނެވެ. އެ ބައްދަލު ވުމަށް ފަހު އިންޑިޔާގގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ސްޕޭނުގެ ކޯޗު އިސްތިއުފާ ނުދޭ ކަމަށާއި ނަމަވެސް ކޯޗު މަގާމުގައި ނުބަހައްޓަން ނިންމައި އައު ކޯޗަކު ހޯދުމަށް ނިންމީ ދެ ފަރާތުން ދެއްކި ވާހަކަތަކަށް ފަހު ކަމަށެވެ.

މުނޯޒް މަގާމުން ވަކި ކުރީ އޭނާގެ ކޯޗުކަމުގައި ނަތީޖާތައް ގޯސްވުމުންނެވެ.

އޭނާ އަށް ފަހު އިންޑިޔާގެ ކޯޗުކަން ހަވާލު ކުރާނެ މީހަކު ހޯދަން ވަނީ އިއުލާނު ކޮށްފަ އެވެ. މި ގޮތުން ކޯޗުކަން ދިނުން އެންމެ ގާތް އެކަކީ ޖަމްޝެދްޕޫރް އެފްސީގެ ހެޑް ކޯޗު ޚާދިލް ޖަމީލެވެ. އޭނާ އަކީ އައި ލީގުގައި ކޯޗުކޮށްދޭ ހަމައެކަނި އިންޑިޔާގެ މީހާ އެވެ.

އިންޑިޔާގެ ކޯޗުކަމުގައި މުނޯޒަށް ކާމިޔާބު ހޯދުނީ އެންމެ މެޗަކުންނެވެ. އޭނާ ކޯޗުކަމަށް ގެނައީ އިންޑިޔާ ލީގުގައި ހައިދަރް އާބާދު އެފްސީ އާއި އެފްސީ ގޯއާގައި ހޯދި ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ. ނަމަވެސް ކުލަބު ލެވަލްގައި ހޯދި ކާމިޔާބީ ގައުމީ ކޯޗުކަމުގައި ނުހޯދުމުން އިންޑިޔާއިން އައު ކޯޗަކު ހޯދަން ނިންމީ އެވެ.