ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ 15 އަހަރުންދަށުގެ އުމުރުފުރާގެ މެޗުތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މުޅިން އަލަށް އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ އުމުރުފުރައަކަށް ބަހާލައިގެންނެވެ. މިއީ 15 އަހަރުންދަށާ، 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނޭހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުތައް ހިމެނޭހެން ދެ ޖިންސުގެ ކުދިންނަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ 15 އަހަރުންދަށުގެ އުމުރުފުރާއިން ފިރިހެން ކުދިންގެ ސިންގަލްސް ބައިން އެއްވަނަ ހޯދީ އަޒްލާން އައުޒަލްއެވެ. އަދި އިސްމާއިލް ޝަމްހާން ޝާހު ދެވަނަ ހޯދިއިރު، ތިންވަނައަށް ދިޔައީ އަލީ އަހްކަމްއެވެ.
މި އުމުރުފުރާގެ އަންހެންކުދިންގެ ތެރެއިން އެއްވަނަ އާއިޝަތު ރީމް ހޯދިއިރު، ދެވަނަ އަށް ދިޔައީ ހާޖަރު ބިންތި މުހަންމަދު ތައުފީޤް އަލީއެވެ. އަދި ތިންވަނަ ހާސިލްކުރީ ޒިއުނާ ބިންތި ނަޝީދެވެ.
ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ 15 އަހަރުންދަށުގެ އުމުރުފުރާގެ ޑަބަލްސް އިވެންޓުތަކަށް ބަލާއިރު، ފިރިހެންކުދިންގެ ބައިން އެއްވަނަ ހޯދާފައިވަނީ ޢަބްދުﷲ ކިޔާން ބިން ޝާޒް އަދި ޒާހިލް ޒާލިފް އަހުމަދުގެ ޕެއާރއެވެ. އަދި ދެވަނަ ޢަބްދުލް މަލިކު ހަސަން ޢަބްދުއްލަތީފްގެ ޕެއާރއިން ހޯދިއިރު، ތިންވަނަ ގެންދިޔައީ އަޒްލާން އައުޒަލް އަދި ޔޫސުފް އިޒްކާންގެ ޕެއާރއެވެ.
މިއުމުރުފުރާގެ އަންހެން ކުދިންގެ ޑަބަލްސް އިވެންޓުން އެއްވަނަ ހޯދީ ޢާއިޝަތު އަލީޝާ ނާފިއު އަދި ޒިއުނާ ބިންތި ނަޝީދުގެ ޕެއާރއިންނެވެ. ދެވަނަ ސޯފިޔާ ސުނާން ޝާކިރު އަދި ސޯފިއާ ނައުރާ ޝިފާއު ގެ ޕެއާއިން ގެންދިޔައިރު، ތިންވަނަ ލިބިފައިވަނީ އާއިޝަތު ރީމް އަދި ފާތިމަތު ޒާޝް ޒިޔާދުގެ ޕެއާއަށެވެ.
މިމުބާރާތުގައި ޖުމްލަ 146 ކުއްޖަކު ބައިވެރިވިއެވެ. އެއީ 15 އަހަރުންދަށުގެ އުމުރުފުރާގައި 84 ކުއްޖަކާއި އަދި 19 އަހަރުންދަށުގެ އުމުރުފުރާގައި ވާދަކުރި 65 ކުއްޖެކެވެ.
ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ 19 އަހަރުންދަށުގެ އުމުރުފުރާގެ މެޗުތަކުގެ ކުޅުން އަދިވެސް ދަނީ ކުރިއަށެވެ. މިމެޗުތައް ކުރިއަށްދަނީ ހުޅުމާލޭ ކެރަމް އެރީނާގައެވެ.