ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބަށް އަލުން އެފްއޭއެމްގެ ދާއިމީ މެންބަރުކަން ދީފިއެވެ
އެ ދެ ކުލަބަކަށް އަލުން މެންބަރުކަން ދިނުމަށް އަސާސީގަވާއިދުގައި ހިމަނާ ހާޒިރުވި 21 މެންބަރުން އިއްތިފާޤުން އެފްއޭއެމްގެ އަސާސީގަވާއިދު ވަނީ މިއަދު ފާސްކޮށްފައެވެ.
މިއާއެކު އަންނަ މަހުގެ 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނިއުރޭޑިއަންޓާއި ވިކްޓްރީއަށްވެސް ލިބޭނެއެވެ.
މި ބަދަލާއެކު ނިއުރޭޑިއަންޓާއި ވިކްޓްރީއަށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓު ދިނުމުގެ ފުރުސަތު ފަހިވާނެއެވެ. މި ދެކުލަބަކަށް އެފްއޭއެމްގެ މެންބަރުކަން މި ލިބުނީ ހަ އަހަރަު ދުވަހަށްފަހުއެވެ.
އެންމެ ފަހުން ނިއުރޭޑިއަންޓް އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވީ 2018 ވަނަ އަހަރެވެ. އޭގެފަހުން އެފްއޭއެމުން ވަނީ ނިއުރޭރިއަންޑް ސަސްޕެންޑް ކޮށްފައެވެ. އެކުލަބު ސަސްޕެންޑް ކުރީ އޭރުގެ ރައީސް ބައއސަަމް އަދަިލް ޖަލީލުގެ އިތުބާރު ނެތްކަމަަށް އުޅުމުން މުސާރައިގެ މައްސަލައިގައި ކަމަށްބުނެއެވެ.
ވިކްޓްރީއަށް އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ފަހުން ލިބުނީ 2019 ގައެވެ. ވިކްޓްރީން ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެ ކުލަބުވެސް މުސާރައިގެ މައްސަލައިގައި ކަމަށްބުނެ 2019 ވަނަ އަހަރު ސަސްޕެންޑް ކުރިއެވެ.
ދެ ކުލަބުންވެސް މުސަަރައިގެ މައްސަލަ ހައްލުކުރުމުން 2022 ގައި ވަނީ ސަސްޕެންޝަން އުވާލާފައެވެ.