ކުޅިވަރު

މާޒިޔާ، ވެލެންސިއާ، ޓީސީއާއެކު ޓޮމް ފަޅި ބޮޑުވަނީ


  • []

އެފްއޭއެމުގެ އިންތިހާބުގައި ފުރަތަމަ ޑިވިޝަނުގެ ހަތަރު ކުލަބަކުން ކުރީގެ ގައުމީ ފޯވަޑް އަހުމްދު ތޯރިގް (ޓޮމް) އަށް ތާއީދުކުރަން ނިންމައިފި އެވެ.

މި ހަތަރު ކުލަބަކީ ކުރިން ވެސް ޓޮމް އަށް ތާއީދުކޮށްގެން ތިބި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. އަލަށް ގުޅުނު ކުލަބަކީ ކުރިން ޓޮމްއާ ދެކޮޅަށްމަސައްކަތް ކުރި ގްރީން ސްޓްރީޓްސް އެވެ.

މިއާއެކު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރަށް ތާއީދު ކުރާ ކުލަބުތަކުގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ. ނަން ހާމަ ކުރަން ނޭނދޭ ފުޓްބޯޅައިގެ ކުލަބެއްގެއިސް މީހަކު ބުނީ މާދަމާ ރޭ ބާއްވާ އަސާސީ ގަވާއީދު ފާސްކުރާ ކޮންގްރެސް އަށް ދާއިރު ޓޮމް އަށް ތާއީދު ކުރާ ކުލަބުތަކުގެ އަދަދު އިތުރު ކުރުން ވަރަށް ގާތްކަމަށެވެ.

"ޓޮމް ފަޅީގައި ތިބިއެއްވެސް ކުލަބަކުން އެ މީހުންގެ ސްޓޭންޑެއް ބަދަލެއް ނުކުރޭ. ކުލަބުތަކުން ތިބީ ކުރިން ވެސް ތިބި ގޮތަށް،" ފުރަތަމަ ޑިވިޝަނުގެ ކުލަބެއްގެ އިސް އޮފިޝަލަކުވިދާޅުވި އެވެ.

އެފްއޭއެމުގެ އިންތިހާބު މދިޔަ ދޮޅު އަހަރު ތެރޭގައި ވަނީ ދެ ފަހަރަށް ނުބޭއްވި ފަސްވެފަ އެވެ. އެންމެ ފަހުން ފީފާއިން ވަނީމީގެ އެއް އަހަރު ކުރިން އެފްއޭއެމުގެ ރައީސް ކަމުގައި ހުރި ބައްސާމް އަދީލް ޖަލީލްސަސްޕެންޑްކޮށް، އެފްއޭއެމް ނޯމަލައިޒްކޮށްފަ އެވެ.

ބައްސާމް ސަސްޕެންޑްކުރީ ހިޔާނާތާއި ހިންގުމުގެބައިވަރު މައްސަލަތަކާހުރެ އެވެ. އޭނާއާ ދެކޮޅަށް ގިނަ ދައުވާތަކެއް ވެސް ވަނީ ރާއްޖޭގެ ކޯޓުތަކުގައި ވަނީ އުފުލާފަ އެވެ.

ބައްސާމަށް ފަހު އެފްއޭއެމުގެ ރައީސް ކަމަށް ވާދަކުރައްވަންމަސައްކަތް ކުރެއްވީ ކުލަބު އީގަލްސްގެ ފަރާތުން މުފާވިޒް ހާޝިމެވެ. އެ ފަހަރުގެއިންތިހާބު ކެންސަލްވުމުން ދެ ވަނަ ފަހަރަށް ކުރިމަތިލެއްވީ އަނެއްކާވެސް ބައްސާމެވެ. އެ ފަހަރު ބާއްވަން އުޅުނު އިންތިހާބު ސައްހަ ނޫން ކަމަށް ނިންމީ ފީފާއިންނެވެ.