ޚަބަރު

ޕީއެސްއެމްއިން ގެނެސްދޭ "ތަމްސީލް ރިއަލިޓީ ޝޯ"ގައި ބައިވެރިވާން ހުޅުވާލައިފި


  • މިޝޯގައި ބައިވެރިވެވޭނީ ޕީއެސްއެމް އެއަރ މެދުވެރިކޮށް

  • ވަކިވަކި ފަރުދުންނަށާއި ގްރޫޕްތަކަށްވެސް ބައިވެރިވެވޭނެ

ޕީއެސްއެމުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ "ތަމްސީލް ރިއަލިޓޯ ޝޯ" ގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ މިއަހަރު ޕީއެސްއެމުން ގެނެސްދޭނެ އެންމެ ބޮޑު ޝޯއަށްވާނެއެވެ.

ޕީއެސްއެމުން ގެނެސްދޭ "ތަމްސީލް ރިއަލިޝީ ޝޯ"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ. ޝޯގައި ބައިވެރިވެވޭނީ ޕީއެސްއެމް އެއަރ މެދުވެރިކޮށެވެ.

18 އަހަރުން މަތީގެ އަދި ހުނަރު ހުރި ކޮންމެ މީހަކަށްވެސް މިމުބާރާތުގައި ބައިވެރިވެވޭނެއެވެ. ވަކިވަކި ފަރުދުންގެ ގޮތުގައި، ނުވަތަ 5 މީހުންނަށްވުރެ ގިނަ ނޫން ގްރޫޕަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މިޝޯގެ ފަނޑިޔާރުން މިހާރުވަނީ އިޢުއުލާންކޮށްފައެވެ. އެގޮތުން ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގައި މިވަގުތު ތިބި މިދާއިރާގެ ތަޖުރިބާކާރު ފަރާތްތައް ކަމަށްވާ މުހައްމަދު މުންތަސިރު (މުންކޮ)، ރަވީ ފާރޫގުގެ އިތުރުން އައިޝަތު ޔޫލިޔާ ހަލީމެވެ.

މިޝޯއިން 1 ވަނައަށް ހޮވޭ ފަރާތަކަށް ވަރަށް އަގުހުރި އިނާމެއް ވަނީ ކަނޑައަޅާފައެވެ. ޕީއެސްއެމުން މީގެކުރިންވެސް ވަނީ އާންމުންގެ މެދުގައި މަގްބޫލު ގިނަ ޝޯތަކެއް ގެނެސްދީފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑަލްއެވެ.