ޔަހޫދީންނާއި އީރާނާއި ދެމެދު ބަދަލުކުރަމުންދާ ޙަމަލާތަކުގެ ސަބަބުން ހުޅަނގުން ރާއްޖެއަށް ކުރަމުންދާ ވައިގެ ދަތުރުފަތުރަށް އަންނަމުންދާ ބަދަލު ގާތުން ބަލަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އީރާނަށް އެމެރިކާއިން ދިން ހަމަލާއާއި ގުޅިގެން، އީރާނުން ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް ޙަމަލާ ދިނުމުން މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމަށްފަހުވަނީ ހުޅުވާލާފައެވެ.
These days, we are closely monitoring the potential impact on air travelers from the West to the Maldives, including tourist arrivals.
— Mohamed Ameen (@ameen3d) June 23, 2025
Tonight’s temporary airspace closures in parts of the Middle East are now easing.
Some Middle Eastern carriers at Malé Airport experienced…
މިޙާލަތާއި ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ހުޅަނގުގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ގެނައުމަށް ހަރަކާތްތެރިވާ ފްލައިޓުތަކުގެ ދަތުރުފަތުރަށް އަންނަ ބަދަލުތައް ދެނެގަތުމަށް ގާތުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައް ރޭގައި ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން ރާއްޖެއަށް އަންނަ ފްލައިޓުތައް ޑިލޭވެފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަގުތީގޮތުން ބަންދުކުރި ވައިގެ ސަރަހައްދުތައް މިހާރުވަނީ ހުޅުވާލާފައެވެ. ވަޒީރު ވިދާޅުވީ މިހާރު ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުތަކަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަވާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޔަހޫދީން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން އީރާނަށް ހަމަލާ ދިނުމާއި ގުޅިގެން އީރާނުންވަނީ ރައްދު ހަމަލާ ދީފައެވެ. އަދި މިހަމަލާތަކުގެ ތެރެއަށް އެމެރިކާއިން ވަދެ މިމަހުގެ 21 ވަނަ ދުވަހު އީރާނުގެ ނިއުކްލިއާ ސައިޓުތަކަށް ހަމަލާ ދިނުމާއި ގުޅިގެން ހޯމަ ދުވަހުގެ ރޭ ރައްދުގައި އީރާނުންވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ހަމަލާދީފައެވެ. މިއާއެކު މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައްވަނީ ބަންދުކޮށްފައެވެ. އެގޮތުން ޔޫއޭއީއާއި، ޤަތަރުންވަނީ އެޤައުމުތަކުގެ ވައިގެ ސަރަޙައްދުތައް ވަގުތީގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން މެދުއިރުމައްޗާއި ހުޅަނގުގެ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކަށްވަނީ ބަދަލުތަކެއް އައިސްފައެވެ.