ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި 22 އަހަރުގެ ފިރިހެެނަކު ހައްޔަރުކޮށްފި


  • ހައްޔަރުކުރީ އދ. މާމިގިލި / ފުނަމާގެ، އުމުރުން 22 އަހަރުގެ މުޙައްމަދު ޢާލިމް

  • އޭނާ ހައްޔަރުކުރީ ރޭ 00:41 އެހާކަންހާއިރު

މަސްތުވާތަކެތީގެ މައްސަލައެއްގައި 22 އަހަރުގެ ފިރިހެެނަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި / ފުނަމާގެ، އުމުރުން 22 އަހަރުގެ މުޙައްމަދު ޢާލިމެވެ. އޭނާ ހައްޔަރުކުރީ ރޭ 00:41 އެހާކަންހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހިންކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޢާލިމް ހުޅުމާލޭ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރިކަމަށެވެ. އަދި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޢާލިމް ގެންގުޅުނު ކޮތަޅުތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްގެ ވަގުތީ ބަރުދަނަކީ 259 ގްރާމްކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.