ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑެލް ހޯދައިފިއެވެ. މިއަދު މެންދުރު ޒުވާނުންގެ މަރުކަޒުގައި ކުޅުނު ތިންވަނަ ހޮވާ މެޗުގައި ރާއްޖެއިން ބަނގްލަދޭޝް ބަލިކުރީ 86-22 ޕޮއިންޓުންނެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭން 23 ޕޮއިންޓް ހޯދި އިރު ބަންގްލަދޭޝްއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ. ދެވަނަ ކުއާޓާގައި ރާއްޖެއަށް 38 ޕޮއިންޓް ލިބުނުއިރު ބަނގްލަދޭޝްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
ތިންވަނަ ކުއާޓާގައި ރާއްޖެއިން 56 ޕޮއިންޓް ހޯދިއިރު ބަނގްލަދޭޝްއަށް ލިބުނީ 9 ޕޮއިންޓެވެ.
ހަތަރުވަނަ ކުއާޓާ ނިންމާލީ 88-22 ޕޮއިންޓުންނެވެ. މި މެޗުގައި ރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 30 ޕޮއިންޓް ހޯދައިދިން މަރިޔަމް ކައިލީން ޝިރުހާންއެވެ.