ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި އިންޑިއާ އަތުން ބަލިވެ، ރާއްޖޭގެ އަންހެން ޓީމަށް ތިންވަނަ ހޮވާ މެޗުގައި ކުޅެން ޖެހިއްޖެއެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗު އިންޑިއާއިން ކާމިޔާބުކުރީ 136-21 ޕޮއިންޓުންނެވެ.
މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އިންޑިއާގެ އެވެ. އޭނާ ވަނީ ޕޮއިންޓް ސްކޯ ކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާ އިންޑިއާއިން ކާމިޔާބުކުރީ 36-2އިންނެވެ. ދެވަނަ ކުއާޓާގައި އިންޑިއާއިން 74 ޕޮއިންޓް ހަމަކުރި އިރު ރާއްޖެއަށް ލިބުނީ 7 ޕޮއިންޓެވެ. ތިން ވަނަ ކުއާޓާ އިންޑިއާއިން ނިންމާލީ 105 ޕޮއިންޓް ހަމަކޮށްގެންނެވެ. ރާއްޖެއަށް ލިބުނީ 13 ޕޮއިންޓެވެ.
މެޗުގެ ހަތަރުވަނަ ކުއާޓާގައި އިންޑިއާއިން 136 ޕޮއިންޓް ހަމަކުރިއިރު ރާއްޖެއަށް ލިބުނީ 21 ޕޮއިންޓެވެ.
މި މެޗުގައި އިންޑިއާއިން އެންމެ ރަނގަޅަށް ކުޅުނީ 20 ޕޮއިންޓް ހަމަ ކުރި ދިނަލް ހަރްދިކްބާއީ ވިއްތަނީއެވެ.
ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 7 ޕޮއިންޓް ހަމަކުރި މަރިޔަމް މަލަކާ އިބްރާހިމްއެވެ.
އިންޑިއާ އަތުން ބަލިވުމާއެކު ރާއްޖެ ދެން ކުޅެން ޖެހޭނީ ތިން ވަނަ ހޮވާ މެޗުގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މާދަމާ މެންދުރު 12:00 ގައެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ބައްދަލުކުރާނީ އިންޑިއާއާއި ސްރީލަންކާއެވެ. މި މެޗު އޮންނާނީ މާދަމާ ހަވީރު 17:30 ގައެވެ.