އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ކަސްޓަމަރުންނާއި ހޯލްސޭލް ވިޔަފާރިތަކަށް ޚައްސަ ކޮށްގެން 3 ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯއިން ވިދާޅުވީ ޕްރޮމޯޝަން ތަކަކީ ރެސްޓޯރަންޓް، ކެފޭތަކަށާ، ކްރެޑިޓް އޮފާސް ތަކަކާއި އަދި އެޕާރޓްމަން ތަކަށް ބަދަލުވާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެއްކަމަށެވެ.
ރެސްޓޯރަންޓް އަދި ކެފޭ ހިންގާ ފަރާތްތަކުން މި ޕްރޮމޯޝަން އަށް ޚާއްސަ ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފިލް ކުރެއްވުމަށްފަހު ހުށައެޅުމުން 3 މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވެވުނީއެވެ. މި ޕްރޮމޯޝަން ގެ ތެރެއިން ރެސްޓޯރަންޓް އަދި ކެފޭ ތަކަށް ހާއްސަ އަގުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. އަދި 3 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވިޔަފާރި ކުރާ 10 ފަރާތުގެ ތެރެއިން 1 ވަނަ އިނާމަކަށް 150،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 100،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 75،000 ރުފިޔާގެ ކްރެޑިޓް އަދި މީގެ އިތުރުން ބާކީ 7 ފަރާތަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރައްވާ ވިޔަފާރިތަކަށެވެ.
މި އޮފަރ ނުވަތަ ޕްރޮމޯ ހާއްސް ކުރެވެނީ ހޯލްސޭލް ވިޔަފާރިތަކަށެވެ. މި އޮފާ ގެތެރޭގައި ޖެނެރަލް ޓްރޭޑިންގ އިން ފަސޭ ކްރެޑިޓް ފެސިލިޓީ އަދި އެޖެންޓަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އޮފަރ ކުރިއަށް ދާނީ 3 މަސް ދުވަހުގެ ނިޔަލަށެވެ. އޭގެ އިތުރުން މި 3 މަސް ދުވަހުގެތެރޭ މި އޮފަރ ގެ ތެރެއިން ކްރެޑިޓަށް މުދާ ނަންގަވައިގެން އަދި އެޖެންޓު ގޮތުގައި ވިޔަފާރި ކުރައްވައިގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް 1 ވަނަ އިނާމަކަށް 100،000 ރުފިޔާގެ ކްރެޑިޓް 2 ވަނަ އިނާމަކަށް 75،000 ރުފިޔާ ފެ ކްރެޑިޓް 3 ވަނަ އިނާމަކަށް 50،000 ރުފިޔާގެ ކްރެޑިޓް ފެސިލިޓީ ހަމަޖެހިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ކުރައްވާ ވިޔަފާރިތަކަށެވެ.
މި އޮފަރ ޚާއްސަ ކުރެވިފައިވަނީ ހުޅުމާލެ އަދި މާލޭގައި ހަދަމުންދާ އެޕާރޓުމަންޓު ތަކަށް ބަދަލުވާ ފަރާތްތަކަށެވެ. މި އޮފަރގައި ހިމެނޭނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ވިއްކާ ހޯމް އެޕްލަޔަންސް ގެ ބާވަތްތަކެވެ. 15،000-25،000 ދެމެދު ވިޔަފާރި ކުރައވާ ފަރާތްތަކަށް %12 ޑިސްކައުންޓު، 25،000-35،000 ދެމެދު ވިޔަފާރި ކުރައްވާ ފަރާތަތަކަށް 15% ޑިސްކައަުންޓު 35،000 ރުފިޔާ އިން މަތިން ވިޔަފާރި ކުރައްވާފަރާާތްތަކަށް %18 ޑިސްކައުންޓު ލިބިގެންދާނެއެވެ.
ހިޓާޗީ އެއަރކޮނޑިޝަނަރ އިން %2.5ގެ ޑިސްކަންޓު ލިބިގެންދާނެއެވެ. އަދި ތަކެތި ބައްލަވައިގަންނަން ވަޑައިގަންނަވާއިރު އެޕާޓުމަންޓު ލިބުނު ކަމުގެ ލިޔުން ގެންނަންވާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
މި އޮފަރ 2025ވަނަ އަހަރު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން މައުލޫމާތުދެއްވައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.